08 މެއި 2018
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފި އެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ސައުދާއި ހަނީފްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ އެވެ.
މިއީ ކްރިމިނަލް ކޯޓުގައި ބާއްވާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.
Siyaasee dhauvaa, Season 2, Episode1 “Terrorism” 9th May 2018 1pm, criminal court. Rayyithunge hagguthah kashavaru kurumah masakkai kuraathyve, @PoliceMv in Frame thahugeegu koh, nuhaggu dhauvaa aai shariathai, jalu goleege biru nuganey. Biruvethi vanee “Allah” ah. #NationFirst. pic.twitter.com/BfsPEBo0LL
— Saud Hussain MP (@SaudVillingili) May 8, 2018
ސައުދު ކުރެއްވި ޓުވީޓު.
މިދިޔަ އޮގަސްޓު 23 ވަނަ ދުވަހު ވެސް، ދެ ބޭފުޅުންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އަޑުއެހުމެއް ބޭއްވުމަށް ތާވަލް ކުރި އެވެ. އަޑުއެހުން ކެންސަލް ކުރީ ކޯޓަށް ހާޒިރުވުމުގެ އަމުރު ސައުދާ ހަވާލުކޮށްފައި ނެތުމުން ކަމަށް ކްރިމިނަލް ކޯޓުން އޭރު ބުނެފައިވެ އެވެ.
ސައުދާއި ހަނީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެ މައްސަލައިގެ އިތުރުން އެހެން ދެ ދައުވާއެއް ވެސް ސައުދުގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެއީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ގަދަކަމުން މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި ކުރާ ދައުވާއަކާއި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް އެ ދުވަހު ސައުދު މަޖިލީހަށް ވަން މައްސަލާގައި ކުރާ ދައުވާ އެކެވެ.
ކޯޓުގެ ޗިޓާއެކު، ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރާތީ ކަމަށާއި މިއީ ސިޔާސީ ދައުވއެއް ކަމަށެވެ. އަދި ފުލުހުން ފްރޭމް ތަހުގީގެއްކޮށް، ނުހައްގު ދައުވާ އާއި ޝަރީއަތްތައް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖަލު ގޮޅީގައި އޮންނަންވަން ބިރު ނުގަންނަ ކަމަށާއި ބިރުވެތިވަނީ ﷲ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދަށް ކުރި ޓެރަރިޒަމްގެ ދައުވާ ބޭރުކޮށްލައިފި
ސިނާނާއި ސައުދުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ސައުދުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ކެންސަލްކޮށްފި
ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
މުހައްމަދު އިސްމާއިލްގެ ޝަރީއަތް މިއަދު ނުބޭއްވުނު
ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް
ބަޑި ގެންގުޅުނުކަން ސާބިތުވިޔަސް، މިނިވަންވެއްޖެ
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ