Roadha Mihaaru
ސިނާނާއި ސައުދުގެ މައްސަލައިގެ އަޑުއެހުން ކެންސަލް

ސިނާނާއި ސައުދަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ކެންސަލް

09 މެއި 2018

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވުމަށް ނިންމި ޝަރީއަތް ކެންސަލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި އެޑިއުކޭޝަންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވުމަށް ނިންމި ޝަރީއަތް ކެންސަލްކޮށްފި އެވެ.

މިއީ، ސިނާންގެ ޝަރީއަތް ތާވަލް ކުރުމަށް ފަހު ކެންސަލް ކުރި ދެވަނަ ފަހަރެވެ. އެބޭފުޅުންގެ ޝަރީއަތްތައް ކެންސަލް ކުރީ ކީއްވެގެން ކަން ކްރިމިނަލް ކޯޓުން ސާފެއް ނުވި އެވެ.

ސިނާންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކުރަނީ މަޖިލިސްގެ މެމްބަރެއްގެ ގޮތުގައި ހުރެ ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން އޭނާ މަސައްކަތް ކުރުމާއި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި، ދައުލަތް ހިންގަން ބުރޫ އަރާ ފަދަ ގޮތަކަށް އަމުރު ނެރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބުނެ އެވެ.

ސައުދު ބަންދުން ދޫކޮށްލުމުން އަތޮޅުވެހި ކައިރީގައި. މަޖިލީހަށް ވަތް މައްސަލާގައި ސައުދުގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ސައުދު ބަންދުން ދޫކޮށްލުމުން އަތޮޅުވެހި ކައިރީގައި. މަޖިލީހަށް ވަތް މައްސަލާގައި ސައުދުގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މީގެކުރިން ބޭއްވި އަޑުއެހުމެއްގައި އޭނާ ވަނީ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. ދައުވާ އަށް އޭނާ އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ޖުމްލަ 32 ހެއްކެއް އޭނާއާ ދެކޮޅަށް ހުށަހަޅާނެ ކަން ހާމަކޮށްފަ އެވެ. އެއީ ސިއްރު 16 ހެކިވެރިއަކާއި ސިއްރު ހަތަރު ލިޔުމަކާއި ނުވަ ފުލުހަކާއި އިތުރު ބައެއް ހެކިތަކެކެވެ.

މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު، އެ ދައުވާ މިހާރު ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވައިފަ އެވެ.

މިއަދު އަޑުއެހުން ބާއްވަން އޮތީ ދެ ފަރާތުން ހުށަހެޅުންތައް ހުށަހެޅުމުގެ އިތުރަށް، ސިނާންގެ ފަރާތުން ދިފާއުގައި ހުށަހަޅަން ބޭނުންވާ ހެކިން ހުށަހެޅުމެވެ. ސިނާންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ، 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން ރޭވިކަމުގެ ތުހުމަތުގައި ސައުދާއި ހަނީފްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ އެވެ.

މިއަދު ބޭއްވުމަށް ތާވަލް ކުރީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

ސިނާނާއި ސައުދާއި ހަނީފްގެ މައްޗަށް މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.