24 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޝުކުރު ދަންނަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޝުކުރު ދަންނަވައިފި އެވެ.
މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާ އެކު އިދިކޮޅު ކޯލިޝަނުން އިސްވެ މަޖިލީހަށް މިއަދު ހުށަހެޅިއިރު، ޕީޕީއެމް/އެމްޑީއޭގެ 15 މެމްބަރަކު އެ ލިޔުމުގައި ސޮއިކުރެއްވި އެވެ. ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވި 49 މެމްބަރުންގެ ތެރޭގައި ވެސް ޕީޕީއެމްގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. ދެ ލިޔުމުގައި އިދިކޮޅު ގިނަ މެމްބަރުން ވެސް ސޮއިކުރެއްވި އެވެ.
އެނގިފައިވާ ގޮތުގައި، ނަޝީދު ވަނީ ޕީޕީއެމްގެ ތެރެއިން ދެ ލިޔުމުގައި ސޮއިކުރެއްވި މެމްބަރުންނަށް ވަކިވަކިން މިއަދު ގުޅުއްވައި، ޝުކުރު ދަންނަވައިފަ އެވެ. އެކަމަކު، އެ މެމްބަރުންނާއި ނަޝީދާ ދެމެދު ދެކެވުނު ވާހަކަތަކުގެ އެއްވެސް ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.
Alhugandu minivan kohdhevvumah edhi Rayyithunge Majlis ah qaraar hushalhuvaidhevvi izzaitheri enmehaa memberunnah, alhuganduge hithuge khaalis kamaaieku ikhlaastheri shukuru dhannavan
— Mohamed Nasheed (@MohamedNasheed) October 24, 2018
ނަޝީދު މިއަދު ކުރެއްވި ޓުވީޓު.
ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެމަނިކުފާނު މިނިވަންކޮށް ދެއްވުމަށް މަޖިލީހަށް ގަރާރު ހުށަހަޅުއްވައިދެއްވި ހުރިހާ މެމްބަރުންނަށް ވެސް ޝުކުރު ދަންނަވައިފަ އެވެ.
ދެ ހުށަހެޅުމުގެ ތެރެއިން މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ސޮއި ނުކުރައްވަނީ، މަސީހުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ދާންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު އައްސަދާއި މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސެއިނެވެ. އަދި ބާކީ ތިއްބެވި ހުރިހާ މެމްބަރުން ވަނީ ނަޝީދު މިނިވަން ކުރުމާ ގުޅޭ ގަރާރުގައި ވެސް ސޮއި ކުރައްވައިފަ އެވެ.
އެގޮތުން، މަސީހް ވަކި ކުރަން ފެންނަ ކަމަށް ސޮއި ކުރެއްވީ އައްސަދާއި އުމަރުގެ އިތުރުން ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ ހުސެއިން މުހައްމަދު ލަތީފާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ އާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކެވެ.
ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ. އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ރަނގަޅަށް ނޫން ކަމަށް ބުނެ، އެމަނިކުފާނު މިނިވަންކުރަން އދ. އާއި ބޭރުގެ ޖަމާއަތްތަކުން ސަރުކާރަށް ކުރިން ގޮވާލާފައިވެ އެވެ. އަދި އެމަނިކުފާނުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލި ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އަންނަ މަހުގެ 1 ގައި ނަޝީދު ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާއިރު، އެމަނިކުފާނުގެ ފަރާތްޕުޅުން ބުނެފައި ވަނީ ނަޝީދު ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ.
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
ދެ ހުށަހެޅުމުގައި މެމްބަރުން ސޮއިކުރި ސަބަބު ހޯދަނީ
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
ޕީޕީއެމްގެ މެޖޯރިޓީ "ގުޑުވައެއް ނުލެވޭނެ": ނިހާނު
ޕީޕީއެމުން ވަކިވި މެމްބަރުންގެ ގޮނޑި ގެއްލޭނެ: ނިހާނު
ޕީޕީއެމުން މެމްބަރުން ވަކިކޮށެއް ނުދިން
މެމްބަރު ޝަހުދީ ވެސް ޕީޕީއެމުން ވަކިވެއްޖެ
"ގައުމަށް ފައިދާ ބޮޑީ ނަޝީދާ އެކުގައި ހުރުން"
މިވަރުން، މަޖިލީހަށް ވަދެވޭނީ ސަރުކާރު މެމްބަރުންނަށް:ސައުދު
މަސީހުގެ އިތުބާރު ނެތް ކަމުުގެ ވޯޓު ކާމިޔާބުވާނެތަ؟