ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ދައުލަތުން ކުރާ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ވަކީލަކު އައްޔަން ކުރުމަށް ދެ ދުވަސް ދޭން ނިންމައި، އެއީ އޭނާ އަށް ދޭނެ އެންމެ ފަހު ފުރުސަތު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.
13 މެއި 2018
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ދައުލަތުން ކުރާ، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން ވަކީލަކު އައްޔަން ކުރުމަށް ދެ ދުވަސް ދޭން ނިންމައި، އެއީ އޭނާ އަށް ދޭނެ އެންމެ ފަހު ފުރުސަތު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން ކަމަށް ބުނެ އެވެ. އަލީ ހުސެއިނާ އެކު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ މައްޗަށް ދައުލަތުން މި މައްސަލައިގައި ދައުވާ ކުރެ އެވެ.
އެ ހުރިހާ ބޭފުޅުންގެ ބައި ވެސް ކުރިއަށް ގެންދިޔައީ އެއް ދައުވާއެއްގެ ގޮތުގައި ކަމަށް ވިޔަސް، އެހެން މެމްބަރުންނާ ޚިލާފަށް އަލީ ހުސައިނަށް ވަކީލަކު ހަމަޖެހިފައި ނެތުމުން މިދިޔަ ޖެނުއަރީ މަހު ވެސް އޭނާގެ ބައި ކުރިއަށް ގެންދިއުމަށް އަޑުއެހުމެއް ބޭއްވި އެވެ. އަދި އެ ދުވަހުގެ އަޑުއެހުމުގައި ވަނީ ވަކީލަކު އައްޔަން ކުރަން ފަސް ދުވަހުގެ މުއްދަތެއް އަލީ ހުސެއިނަށް ދީފަ އެވެ.
މިއަދުގެ އަޑުއެހުމުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަލީ ހުސެއިން ވިދާޅުވީ ކޯޓަށް ހާޒިރުވުމުގެ ޗިޓު ލިބިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ވަކީލަކު ހަމަޖެހިފައި ވިޔަސް، އަޑުއެހުން ފެށުމުގެ ކުރިން ފޯމު ނުލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ދެން އޮންނަ ޝަރީއަތެއްގައި ހާޒިރުވެވަޑައިގަންނަވާނީ ވަކީލަކާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
ގާޒީ އާދަމް އާރިފް ވިދާޅުވީ އަންނަ އަންގާރަ ދުވަހު އޮންނަ އަޑުއެހުމަށް އަލީ ހުސެއިން ހާޒިރުވެވަޑައިނުގެންފި ނަމަ، މައްސަލަ ކުރިއަށް ގެންދާނީ ވަކީލަކާ ނުލައި ކަމަށެވެ. އަދި އެ މައްސަލައިގައި އަމިއްލަ އަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ ދުވަހުގެ ޝަރީއަތް ކުރިއަށް ދާ ގޮތަށް ބަލާފައި، އިތުރު މެމްބަރުންނާ އެކު ޝަރީއަތް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ވެސް ގާޒީ އާދަމް އާރިފް ވިދާޅުވި އެވެ.
އިދިކޮޅު 12 މެމްބަރުންގެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
ވަކީލު ހަމަނުޖައްސާތީ ގާޒީގެ ސުވާލުތައް އަލީ ހުސައިނަށް
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
އިދިކޮޅު 12 މެމްބަރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
ސައުދުގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފި
ރިޝްވަތުގެ ތުހުމަތު ކުރެވޭ ޝާފިއުގެ ބަންދަށް 5 ދުވަސް
މެމްބަރުންނާ ގުޅޭ "ރެއިޑް"ތަކެއް އެބަ އުޅޭ: ނަޝީދު
އަލީ ހުސެއިން ނެތުމުން މިނިސްޓަރާ ސުވާލެއް ނުކުރެވުނު
ހަރުކަށި އަމަލުތަކުގެ ކުއްލި މައްސަލައެއް މަޖިލީހަށް
މެސެޖާ ގުޅިގެން ހައިލަމަށް މެންބަރުންގެ ނުރުހުން
ރިސޯޓު ވިއްކާލާއިރު ޓެކުހެއް ނަގަންޖެހޭ: އަލީ ހުސެއިން