Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ރާއްޖޭގައި ބައިނަލްއަގްވާމީ ގުރުއާން މުބާރާތް ފަށައިފި

ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތް ފަށައިފި

13 މެއި 2018

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ގުރުއާން މުބާރާތް މިއަދު ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ގުރުއާން މުބާރާތް މިއަދު ފަށައިފި އެވެ.

"އަލް މުބީން"ގެ ނަމުގައި ބާއްވާ މި މުބާރާތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދެވެ.

މި މުބާރާތުގައި ނުވަ ގައުމަކުން މީހުން ބައިވެރިވެ އެވެ. އެއީ ރާއްޖޭގެ އިތުރުން ތުރުކީ، މިސްރު، ބަންގްލަދޭޝް، ޕާކިސްތާން، ސައުދީ އަރަބިއްޔާ، މެލޭޝިޔާ، ކުވައިތު އަދި ސޫދާނެވެ.

ޖަޖުންގެ ޕެނަލުގައި ވެސް މި ގައުމުތަކުން ކަނޑައެޅި ފަސް ފަނޑިޔާރަކު ހިމެނިވަޑައިގަންނަވަ އެވެ.

ޕީއެސްއެމުން ލައިވް ކުރާ އަދި އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގެ އެއް ވަނައަށް ދާ މީހަކަށް 30،000 ޑޮލަރު (464،000 ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ވަނައަށް 15،000 ޑޮލަރު އަދި ތިން ވަނައަށް 5،000 ޑޮލަރު ވަނީ ހުށަހަޅައިފަ އެވެ.

މުބާރާތް ފައްޓަވައިދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވައި އެ ދީން ހިމާޔަތް ކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. މި މުބާރާތަކީ އޭގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒިޔާދު ވިދާޅުވީީ މި މުބާރާތަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން، އެ މަނިކުފާނު ހާއްސަ ސަމާލު ކަމެއް ދެއްވައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަކަމާއި އިސްލާމީ ވަހުދަތަށް ސަރުކާރުން ގޮވާލާ މިންވަރު މުޅި ދުނިޔެއަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަދަ މުބާރާތެއް ފުރަތަމަ ފަހަރަށް މި ސަރުކާރުން ބާއްވާތީ މިހާރު މުޅި ދުނިޔެއަށް ވެސް އެނގޭނެ ގުރުއާނުގެ އިލްމު ފެތުރުމަށް ސަރުކާރުން ބާރު އަޅާ މިންވަރު. މި މުބާރާތް ބޭއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ވެސް ރައީސް ޔާމީން،" ޒިޔާދު ވިދާޅުވި އެވެ

މި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ރޯދަ މަހުގެ ދެ ވަނަ ރެ އެވެ.