Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ 1 ވަނަ ކުވެއިތަށް

ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ އެއް ވަނަ ކުވެއިތަށް

17 މެއި 2018

ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ފުރަތަމަ ގުރުއާން މުބާރާތުގެ 1ވަނަ ކުވެއިތުން ވާދަކުރި އަބްދުﷲ ހައްޔާތު ހޯދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީ ފުރަތަމަ ގުރުއާން މުބާރާތުގެ 1ވަނަ ކުވެއިތުން ވާދަކުރި އަބްދުﷲ ހައްޔާތު ހޯދައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ގުރުއާނާ ބެހޭ މަަރުކަޒާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން "ނޫރުލް މުބީން"ގެ ނަމުގައި ބޭއްވި މުބާރާތުގައި ރާއްޖެ ހިމަނައިގެން ނުވަ ގައުމަކުން ބައިވެރިވި އެވެ.

އެ މުބާރާތުގެ ނަތީޖާ ފާޅުކުރަން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، ކުވެއިތު ތަމްސީލްކޮށް 1 ވަނަ ހޯދި އަބްދުﷲ ހައްޔާތަށް އިނާމާއި ހަނދާނީ ފިލާ ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އިނާމެއްގެ ގޮތުގައި އޭނާ އަށް ވަނީ 30،000 ޑޮލަރު (462،000ރ.) ދީފަ އެވެ.

މިދިޔަ އާދިއްތަ ދުުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ބޭއްވި އެ މުބާރާތުން ދެ ވަނަ ހޯދީ ތުރުކީން ބައިވެރިވި ހާމިތު އަވްސަރެވެ. ދެ ވަނަ އަށް ސަރުކާރުން ވަނީ 15،000 ޑޮލަރު (231،300ރ.)ގެ އިނާމެއް ދީފަ އެވެ.

ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީީ ގުރުއާން މުބާރާތުން 3ވަނަ ހޯދި ރާއްޖޭގެ ބައިވެރިއާ އަޝްރަގަށް. ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް (ކ) ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީީ ގުރުއާން މުބާރާތުން 3ވަނަ ހޯދި ރާއްޖޭގެ ބައިވެރިއާ އަޝްރަގަށް. ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް (ކ) ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މުބާރާތުން ތިން ވަނަ ލިބުނީ ރާއްޖެއިން ބައިވެރިވި އަޝްރަގު ނާޒިރަށެވެ. އޭނާއަށް ވަނީ 5000 ޑޮލަރު (77،100ރ.) ދީފަ އެވެ.

ރާއްޖޭގެ އިތުރުން ދެން ބައިވެރިވީ ސޫދާނާއި ބަންގްލަދޭޝާއި ޕާކިސްތާނުގެ އިތުރުން ސައުދީ އަރަބިއްޔާއާ ތުރުކީއާ މެލޭޝިޔާއާ ކުވެއިތާއި މިސްރެވެ.

ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވާހަކަދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރާއްޖޭގައި ބޭއްވި ބައިނަލްއަގުވާމީީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވާހަކަދައްކަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނޫރުލް މުބީން މުބާރާތް އިންސާފުކޮށްފައިވަނީ ފަސް ބޭފުޅުންގެ ޖަޖިން ޕެނަލަކުންނެވެ. އެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ މެލޭޝިޔާ އާއި ސޫދާނާއި ޕާކިސްތާނާއި ޔަމަން އަދި ރާއްޖޭ ބޭފުޅެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އެ މުބާރާތުގެ ސަބަބުން ރާއްޖެއަށް އިތުރު ޝަރަފެއް ލިބިގެން ހިނގައްޖެ ކަމަށެވެ.