08 ޖުލައި 2019
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި އަހަރުގެ "އައްޑޫ ގުރުއާން މުބާރާތް" 279 ބައިވެރިންނާ އެކު އިއްޔެ ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި އަހަރުގެ "އައްޑޫ ގުރުއާން މުބާރާތް" 279 ބައިވެރިންނާ އެކު އިއްޔެ ފަށައިފި އެވެ.
އައްޑޫ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ ދެވަނަ މުބާރާތުގައި މި ފަހަރު 15 ސްކޫލަކުން ދަރިވަރުން ވާދަކުރެ އެވެ. ހިތަދޫ ޝަރަފުއްދީން ސްކޫލްގެ ހޯލްގައި ކުރިއަށް ގެންދާ މުބާރާތް ބާއްވަނީ ފަސް އުމުރުފުރައަކަށް ބަހާލައިގެންނެވެ.
އެއީ އެއީ 7 އަހަރާއި 9 އަހަރާއި 11 އަހަރާއި 13 އަހަރާއި 16 އަހަރު އަދި 21 އަހަރުން ދަށުގެ އުމުރުފުރާތަކެވެ.
މި ފަހަރުގެ މުބާރާތުގެ ޖަޖުންގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަނީ ރާއްޖޭގައި ގުރުއާން އުނގަންނައިދިނުމުގެ މަސައްކަތުގައި އުޅުއްވާ އަދި އެކި މުބާރާތްތަކުގައި ޖަޖްކަން ކުރައްވާފައިވާ މަޝްހޫރު ތިން ގާރީއެކެވެ.
އައްޑޫ ޤުރުއާން މުބާރާތް ފެށުމުގެ ތެރެއިން.
ކައުންސިލުން ބުނި ގޮތުގައި މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ގުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ތަޖުވީދުގެ ހަމަތަކާ އެކު ރީއްޗަށް ގުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ސިލްސިލާ މުބާރާތެކެވެ. އަދި މިފަދަ މުބާރާތެއް އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ކުރިޔަށް އޮތް ޖީލަށް ގުރުއާނުގެ އިލްމު ފޯރުކޮށްދީ ހުނަރުވެރި ކުދިންތަކެއް ބިނާކުރުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އަހަރުގެ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އައްޑޫ ގުރުއާން މުބާރާތުގެ އެއް ވަނަ ހިރާ އަށް
އިނގިރޭސި ސަފީރު އައްޑޫގެ އިމާމުންނާ ބައްދަލުކޮށްފި
ދީނާ ހިލާފު ކަމެއް ކުރާނަމަ ފިޔަވަޅު އަޅާނަން:މިއުވާން
ހިތަދޫ ފްލެޓް ސަރަހައްދުގައި ވަގުތީ މިސްކިތެއް
އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާކޮށްފި
ހިތަދު އާއި ފޭދޫގެ ޗަސްބިންތައް ހިއްކަން ފަށައިފި
22 އަހަރުފަހުން ހިތަދޫން ގޯތި ދޫކުރަން އިއުލާނުކޮށްފި
ޤުރްއާން އެންދުމުން ތުރުކީ-ސްވިޑްން ގުޅުން ގޯސްވެއްޖެ
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
ސައުދީ ގުރުއާން މުބާރާތުގެ ފައިނަލަށް ނަބީހު