Roadha Mihaaru
ނަސް ރާއްޖޭގައި ނެގި ވީޑިއޯ އަށް ފާޑުކިޔުން

ނަސް ރާއްޖޭގައި ނެގި ވީޑިއޯ އަށް ފާޑުކިޔުން

20 މެއި 2018

ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް، ސޯޝަލް މިޑިއާގައި އެއް މިނެޓްގެ ވީޑިއޯތަކެއް އާންމުކޮށްގެން މަޝްހޫރުކަން ހޯދާފައިވާ ނުސައިރު ޔާސީން (ނަސް) ރާއްޖެ އަށް އައިސް ހެދި ވީޑިއޯ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ. ރާއްޖޭގައި އޭނާ ހެދި ވީޑިއޯގައި ދައްކަނީ ބުރުގާ އެޅި ޒުވާން އަންހެނަކު، ބުރުގާ ނަގަން ބޭނުންވެ އެކަމަކު އެކަން ނުކުރެވިގެން އުޅޭ ވާހަކަ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

"ނަސް ޑެއިލީ"ގެ ނަމުގައި ފޭސްބުކްގައި ކޮންމެ ދުވަހަކު ވެސް އެއް މިނިޓްގެ ވީޑިއޯއެއް އާންމުކުރާ ނަސް މިއަދު އާންމުކުރި ވީޑިއޯގައި ދައްކަނީ 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ބުނާ މީހެކެވެ. ނަމަވެސް އެ ޒުވާނާގެ ނަން ވަނީ ސިއްރުކޮށްފަ އެވެ. މުހާތަބު ކުރަނީ "އެކްސް" ގެ ގޮތުގަ އެވެ. ބުރުގާ އަޅައި މޫނު ނިވައިކޮށްގެން ހުރެ އޭނާ ބުނަނީ އެހެން މީހުންގެ ޕްރެޝަރާ ހެދި ބުރުގާ ނަގަން ނުކެރިފައި ހުރި ވާހަކަ އާއި އޭނާގެ ބޮޑު އިސްތަށިގަނޑު އެންމެންނަށް ދައްކާލަން ބޭނުންވާ ވާހަކަ އެވެ.

ނަސްގެ ވީޑިއޯ އަށް އިންޓަވިއު ދިން ދިވެހި ޒުވާނާ ރާއްޖޭގެ ގޮނޑުދޮށެއްގައި ހިނގާލާފައި ދަނީ.

ނަސްގެ ވީޑިއޯ އަށް އިންޓަވިއު ދިން ދިވެހި ޒުވާނާ ރާއްޖޭގެ ގޮނޑުދޮށެއްގައި ހިނގާލާފައި ދަނީ.

ވީޑިއޯގައި ނަސް ބުނި ގޮތުގައި އެކްސްގެ އުމުރުން 13 އަހަރުގައި އޭނާގެ ކްލާހުގެ ހުރިހާ ކުދިން ވަނީ ބުރުގާ އަޅައި އިސްތަށިގަނޑު ފޮރުވައިފަ އެވެ. އެހާ ހިސާބުން އެކްސްގެ އިސްތަށިގަނޑު ފޮރުވަން މަޖުބޫރު ކުރުވީ މުޖުތަމައުގެ ތެރޭގައި އުޅުނު މީހުން ކަމަށް ވެސް އޭނާ ބުންޏެވެ.

އެކްސްގެ ނަމުގައި ނަސްގެ ވީޑިއޯގައި ބައިވެރިވި ޒުވާނާ.

އެކްސްގެ ނަމުގައި ނަސްގެ ވީޑިއޯގައި ބައިވެރިވި ޒުވާނާ.

"އަހަރެންގެ މައިންބަފައިން ވެސް މަޖުބޫރެއް ނުކުރޭ ބުރުގާ އަޅާކަށް،" ޒުވާނާ ކިޔައިދިނެވެ.

އޭނާ ބުނީ ބުރުގާ އެޅުމަށް ފަހު، އެ ބުރުގާ ނަގައިފި ނަމަ، އެކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި އެ ޒުވާނާ ބޭނުން ވަނީ ބޮލުގެ އިސްތަށިގަނޑު ދައްކާލަން ކަމަށް ވީޑިއޯގައި ނަސް ބުންޏެވެ. އެއާއެކު، އަނެއްކާ ވެސް އެ ޒުވާނާ އިސްތަށިގަނޑު ނިއުޅުވާލަ އެވެ.

ރީމް ނަމުގައި މި ވީޑިއޯ އަށް ފާޑު ކީ އަންހެނަކު ވަނީ ބުރުގާ އެޅުމަށް ލޯބިކޮށް، އެ އަޅާ ހިތްވާ މީހުންނާ އިންޓަވިއުކޮށް ވީޑިއޯ ނުކުރަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އަދި ނަސް ކުރަން އުޅެނީ ކޮން ކަމެއްތޯ އާއި "އެއްފަޅި" ދައްކަން އުޅެނީ ކީއްވެތޯ ވެސް ރީމް ސުވާލު ކުރި އެވެ.

ނުސައިބާ ބިންތު އަބްދުﷲ ނަމުގައި ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުނީ ނަސްގެ ވީޑިއޯ އަށް އަރާ ހިތުން ދީނަށް ވެސް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އަދި ބުރުގާ ބާލަންވީމާ ބޭލީމާ ނިމުނީ ކަމަށާއި އެކަމާ ސުވާލު ކުރެވޭނެ ދުވަހެއް ބުރުގާ ބޭލި މީހާ އަށް އަންނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

"ދީފައި ތިއޮތީ ވަރަށް ގޯސް މެސެޖެއް. މިތަނަކީ ތި ބުނާހާ ހަރުކަށި ތަނެއް ނޫން. ކީއްވެތަ ނުބުނީ ރޯދަ ވެސް ހިފަނީ އެންމެން ރޯދަ ހިފާތީ މަޖުބޫރުވެގެންނޭ؟. އެހެން މީހުންނަށް އައިޑެންޓިޓީ ފޮރުވިޔަސް އެނގެންވާ ފަރާތަށް ސިއްރެއް ނުވާނެ. ކޮން 1 މިނިޓެއްތަ؟" ނުސައިބާ ބުންޏެވެ.

ނަސް: އޭނާ އަކީ އެއް މިނިޓްގެ ވީޑިއޯ ހެދުމުގައި މަޝްހޫރު ޒުވާނެއް.

ނަސް: އޭނާ އަކީ އެއް މިނިޓްގެ ވީޑިއޯ ހެދުމުގައި މަޝްހޫރު ޒުވާނެއް.

އަޖްމަލް ނަމުގައި ފޭސްބުކްގައި ކޮމެންޓު ކުރި މީހަކު ބުނީ އިސްލާމް ދީނުގައި މުސްލިމުންނަށް އެއްވެސް ކަމެއް މަޖުބޫރު ނުކުރާ ކަމަށެވެ. އަދި ވީޑިއޯގެ ބޭނުމަކީ ގިނަ ބައެއްގެ ސަމާލުކަން ހޯދުން ކަމަށް ބުނެ، އަޖްމަލް ވަނީ ވީޑިއޯ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ފަލަސްތީނަށް އުފަން، އުމުރުން 25 އަހަރުގެ ނަސް ވީޑިއޯ ހަދަން ފެށީ، އޭނާ އަދާކުރަމުން ދިޔަ ސޮފްޓްވެއާ އިންޖިނިއޭރު ކަމުގެ ވަޒީފާ ދޫކޮށްލައިފަ އެވެ. ވަރަށް އާދައިގެ ގޮތަކަށް، ހަމައެކަނި އާއިލާގެ މީހުން ބައިވެރިކޮށްގެން އޭނާ ކުރަން ފެށި އެ މަސައްކަތް ފުޅާވެ، މިހާރު އޭނާ އަންނަނީ އެކި ގައުމުތަކަށް ދަތުރުކޮށް، އެ ގައުމުތަކުގައި ހުންނަ ކަންކަމުގެ ވާހަކަތައް ގެނެސްދެމުންނެވެ. އެމެރިކާގެ ނިއު ޔޯކުގައި ދިރިއުޅެމުން އަންނަ ނަސް އަށް، އޭނާގެ ވީޑިއޯތަކުން ބޮޑު އާމްދަނީއެއް ލިބެ އެވެ.