Roadha Mihaaru
މައުމޫނާއި ދެ ފަނޑިޔާރުންގެ މިއަދުގެ އަޑުއެހުން ކެންސަލް

މައުމޫނާއި ދެ ފަނޑިޔާރުންގެ މިއަދުގެ އަޑުއެހުން ކެންސަލް

24 މެއި 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާو އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާو އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާ ކުރަނީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް، ފޯން ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި މިއަދު ބާއްވަން އޮތް އަޑުއެހުމަކީ ދެ ފަރާތުން ހެކި ހުށަހެޅުމުގެ އަޑުއެހުމެކެވެ.

އެ މައްސަލައިގެ ބައެއް އަޑުއެހުންތައް މީގެ ކުރިން ވެސް ކެންސަލްކުރި އެވެ. އެކަމަކު، މިއަދުގެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.

މިއަދުގެ އަޑުއެހުން ކެންސަލް ކުރި އިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވެ، ދެ ފަނޑިޔާރުން އެއް އަހަރާއި ހަމަހާއި ހަ ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ހައި ކޯޓުގައި ފަށައިފަ އެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި މައުމޫންގެ މައްޗަށް ކުރާ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް އެ މަނިކުފާނަށް ކުރެ އެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ޖަލު ހުކުމެއް އައިސްފައިވާ އިރު، ރިޝްވަތު ހިފުމުގެ ދައުވާއަކާއި ޓެރަރިޒަމްގެ ދައުވާއެއްގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން އެ ދެ ބޭފުޅުންގެ މައްޗަށް ކުރެ އެވެ.

އެބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ނިއްވާލަން އެންގެވި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ އިތުރު ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ކޮށްފަ އެވެ.