ރާއްޖެ ޓީވީން ގެނެސްދެމުން އަންނަ "ފަލަ ސުރުހީ" ޕްރޮގްރާމް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެޓިކްސްއާ ހިލާފުވާނަމަ، ހުއްޓުވަން އަންގާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން އެ ސްޓޭޝަނަށް މިއަދު އަންގައިފި އެވެ.
25 ޖުލައި 2016
ރާއްޖެ ޓީވީން ގެނެސްދެމުން އަންނަ "ފަލަ ސުރުހީ" ޕްރޮގްރާމް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެޓިކްސްއާ ހިލާފުވާނަމަ، ހުއްޓުވަން އަންގާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން އެ ސްޓޭޝަނަށް މިއަދު އަންގައިފި އެވެ.
އެމްބީސީން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބުނީ މިދިޔަ އާދިއްތަ ދުވަހު ބްރޯޑްކާސްޓް ކުރި ފަލަ ސުރުހީ ޕްރޮގްރާމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ފަނޑިޔާރުންނަށް އަމާޒުކޮށް އެތަނުގެ އަބުރާ އިއްޒަތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކީ ޑިލޭ ކުރުމެއް ނެތި ކަމަށެވެ.
މީގެ ކުރިން އެ ކޮމިޝަނުން ވަނީ ޑިލޭއަކާއެކު ފަލަ ސުރުހީ ޕްރޮގްރާމް ދެއްކުމަށް ރާއްޖެ ޓީވީއަށް އަންގައިފަ އެވެ.
ނަމަވެސް އެ ކޮންޓެންޓް ޓީވީން ފޮނުވީ ޑިލޭކޮށްގެން ކަމަށް ރާއްޖެ ޓީވީން ބުނި ކަމުގައިވިޔަސް، ދައުލަތުގެ އިސް ބައެއް ބޭފުޅުންނަށް ނިސްބަތްކޮށް ބްރޯޑްކާސްޓް ކުރި ކޮންޓެންޓްގެ ސަބަބުން އެ ބޭފުޅުންގެ އަބުރާއި އިއްޒަތަށް އުނިކަން ލިބޭނެ ކަމަށް ވެސް ސިޓީގައި ބުންޏެވެ.
އެހެންވެ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުން ރާއްޖެ ޓީވީން މައާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި އެ ބަޔާން އަންނަ މަހުގެ ތިނެއްގެ ކުރިން، ރޭގަނޑު 8:00 އާއި 8:30އާ ދެމެދު އާންމު ކުރުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން ޑިލޭއަކާއެކު ފަލަ ސުރުހީ ޕްރޮގްރާމް ދެއްކުމަށާއި ބްރޯޑްކާސްޓް ކުރުމުގެ އިންތިޒާމު ހަމަޖެއްސެން ނެތްނަމަ، ފަލަ ސުރުހީ ޕްރޮގްރާމް ވަގުތުން ހުއްޓާލުމަށް ވެސް ކޮމިޝަނުން އެންގި އެވެ.
ރާއްޖެ ޓީވީގެ ޖޫރިމަނާ މީރާ އަށް ދައްކަން އަންގައިފި
ރާއްޖެ ޓީވީން ފަސް ލައްކަ ރުފިޔާ ދައްކައިފި
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
ރާއްޖެ ޓީވީ ފަންޑަށް ދެ މެމްބަރަކު 100،000ރ.
އަބުރު ބިލްގެ ގިނަ ކަންތައްތަކަށް ބްރޯޑްކޮމްގެ ތާއީދު
އަބުރުގެ ބިލު ދިރާސާ ކުރުމަށް 14 ފަރާތެއް ކޮމެޓީއަށް
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
މީޑިއާއަށް ޓެކްނޮލޮޖީ ތައާރަފްކުރަން އެހީވާނަން: މަލީހް
ދެ މިލިއަންގެ ޖޫރިމަނާ ވެސް ރާއްޖެޓީވީން ދައްކައިފި