Roadha Mihaaru

މުދަލު ޒަކާތް ދައްކާ މީހުން ނިސްބަތުން މަދު: މިނިސްޓަ ޒިޔާދު

ފިތުރު ޒަކާތް ދެއްކުމަށް ގިނަ ބަޔަކު ސަމާލުކަން ދިން ނަމަވެސް، މުލަދު ޒަކާތް ދައްކާ މީހުންގެ އަދަދު ނިސްބަތުން އަދިވެސް މަދު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

މުދަލު ޒަކާތް ދައްކާ މީހުން ނިސްބަތުން މަދު:މިނިސްޓަރު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

28 މެއި 2018

ފިތުރު ޒަކާތް ދެއްކުމަށް ގިނަ ބަޔަކު ސަމާލުކަން ދިން ނަމަވެސް، މުލަދު ޒަކާތް ދައްކާ މީހުންގެ އަދަދު ނިސްބަތުން އަދިވެސް މަދު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު މިއަދު ވިދާޅުވެއްޖެ އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފިތުރު ޒަކާތް ދެއްކުމަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިވާ ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރޭގައި އޮންނަ ޒަކާތަކީ، މުދަލު ޒަކާތްކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، މޯލްޑިވްސް މީރާއާ އެކު ކުރަމުން އަންނަ މަސައްކަތުން، މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ރަށްރަށުން ވެސް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވެފައި ވިއަސް، ފިތުރު ޒަކާތާ އަޅައިބަލާއިރު މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު މަދު ކަމަށް ވިދާޅުވި އެވެ

"..އަދިވެސް ]މުދަލު] ޒަކާތް ދައްކާ މީހުންގެ އަދަދު ނިސްބަތުން މަދޭ ފިތުރު ޒަކާތް ދައްކާ މީހުންނަށް ވުރެ. މުދަލު ޒަކާތް ފުރިހަމަ ގޮތުގައި ދައްކާ ކަމުގައިވާ ނަމަ އަޅުގަނޑުމެންނަށް މިއަށް ވުރެ ވެސް ބޮޑަށް އެހީތެރިކަން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ،" ޒިޔާދު ވިދާޅުވި އެވެ.

ޒަކާތް ދެއްކުމަކީ ވިޔަފާރިވެރިންނަށް ހާއްސަކޮށްފައިވާ ކަމެއް ކަމަށް ޒަމާނުއްސުރެ ވިސްނިފައި އޮންނަ ކަމަށް ޒިޔާދު ވިދާޅުވި އެވެ. ނަމަވެސް ނިސާބު ހަމަވާ ވަރަށް އެކައުންޓުގައި ފައިސާ ހުރި ނަމަ، ކޮންމެ މީހަކު ވެސް ޒަކާތް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ވެސް އަންނަނީ ޒަކާތު ފަންޑުން ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެ ގޮތުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު އެތައް ކުދިންނަކަށް ފަހި ކޮށްދީފައިވާ އިރު މަތީ ތައުލީމް ހާސިލްކުރުމަށް ގިނަ ސްކޮލަޝިޕްތަކެއް މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ.