އދ. މާމިގިލީގައި ހަށިވިއްކަން ތިބި ހަތް މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
28 މެއި 2018
އދ. މާމިގިލީގައި ހަށިވިއްކަން ތިބި ހަތް މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާމިގިލީ ގެއެއްގެ ތެރޭގައި ހަށިވިއްކަން ތިއްބައި މި ހަތް މީހުން ހައްޔަރުކުރީ ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝް ފިރިހެނަކާއި ދިވެހި ހަތަރު ފިރިހެނުންނާއި ދިވެހި ދެ އަންހެނުންނެވެ.
މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ދިވެހި ފިރިހެނުންގެ އުމުރަކީ 26 އަހަރާއި 27 އަހަރާއި 32 އަހަރާއި 30 އަހަރެވެ. އަދި ދެ އަންހެނުންގެ އުމުރަކީ 22 އަހަރާއި 21 އަހަރެވެ. ބަނގްލަދޭޝް ފިރިހެން މީހާގެ އުމުރަކީ 32 އަހަރެވެ.
މީގެ ތެރެއިން 21 އަހަރުގެ އަންހެން މީހާ އާއި 30 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް މާމިގިލީ ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފަ އެވެ. ދެން ތިބި މީހުންގެ ބަންދަށް ކޯޓުން އިތުރު ކޮށްދިނީ 10 ދުވަހެވެ. މިއީ ކޮން ރަށެއްގެ ބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެންމެފަހުން ސަނީއުމަރު ކޯޓު އަމުރެއްގެ ދަށުން ހަައްޔަރު
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު
ތިނަދޫގައި ހަށިވިއްކަން ތިބި ދެ މީހަކު އަތުލައިގެންފި
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ހަށިވިއްކާ ތުހުމަތަށް ސެލޫނަކުން 4 މީހަކު ހައްޔަރު
މާލޭގައި އަންހެނަކަށް ޖިންސީ އަނިޔާކޮށްފި
ޖިންސީ ގޯނާގެ ތުހުމަތުވާ ދިވެހި ޓީޗަރު ބަންދަށް
ދަރިފުޅަށް ޖިންސީގޯނާކުރި މައްސަލާގައި ބައްޕަ ހައްޔަރު
އައްޑޫގައި ހަށިވިއްކަން އުޅުނު ދެ މީހަކު އަތުލައިގެންފި
މާމިގިލިން ފީނަން ފޭބި ކުއްޖަކު މަރުވެއްޖެ