Roadha Mihaaru
ޑެންމާކުގައި މޫނު ބުރުގާ އެޅުން މަނާކޮށްފި

ޑެންމާކުގައި މޫނު ބުރުގާ އެޅުން މަނާކޮށްފި

01 ޖޫން 2018

ކޯޕެންހޭގަން (ޖޫން 1) - އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކުރާ ބިލެއް ޑެންމާކުން ފާސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޯޕެންހޭގަން (ޖޫން 1) - އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާކުރާ ބިލެއް ޑެންމާކުން ފާސްކޮށްފި އެވެ.

ޔޫރަޕުގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ މިފަދަ ގާނޫނުތައް ފާސްކޮށްފަ އެވެ. މި ގާނޫނުތައް އަމާޒުކޮށްފައި ވަނީ ނިގާބް އަޅާ މުސްލިމު އަންހެނުންނަށެވެ.

ޑެންމާކުގެ ޕާލަމެންޓުން އެ ބިލް ފާސްކޮށްފައި ވަނީ 75-30 ވޯޓުންނެވެ. އަދި އެ ބިލަށް އަމަލު ކުރަން ފަށާނީ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ދޭ އަދަބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،000 ކްރޯނާ (157 ޑޮލަރު) އިން ޖޫރިމަނާ ކުރުމެވެ. ތަކުރާރުކޮށް ގާނޫނާ ޚިލާފުވާ ފަރާތްތަކަށް ޖޫރިމަނާގެ އަދަދު 10 ގުނައާ ހަމައަށް މައްޗަށް ޖެއްސުމަށް ހިމަނާފައިވެ އެވެ.

ބިލްގައި "މުސްލިމް އަންހެނުން" އެ އިބާރާތް ހިމަނާފައި ނުވި ނަމަވެސް ބިލްގައި ބުނެފައި ވަނީ އާއްމު ތަންތަނުގައި މޫނު ނިވާވާ ގޮތަށް ހެދުން އަޅާ މީހުންނަށް އަދަބު ދޭނެ ކަމަށެވެ.

ބިލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑެންމާކުގެ ޖަސްޓިސް މިނިސްޓަރު ސޮރެން ޕޭޕް ޕޯލްސަން ވިދާޅުވީ މޫނާއި ލޯ ފޮރުވުމަކީ ޑެންމާކުގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަކު އަނެކެއްގެ މޫނާއި މޫނުގެ އެކްސްޕްރެޝަން ހާމަވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ޑެންމާކުން ފާސްކުރި ބިލަކީ އަންހެނުންގެ ހައްގުތަކެއް ނިގުޅައިގަތުން ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ބުނެފަ އެވެ.