13 ޖޫން 2024
ދެކުނު ކޮރެއާގެ ކުންފުނި ސަމްޔަންގްގެ ސްޕައިސީ ރާމެން ނޫޑްލްސްގެ ބައެއް އުފެއްދުންތައް ޑެންމާކުގައި މަނާކޮށްފި އެވެ.
ދެކުނު ކޮރެއާގެ ކުންފުނި ސަމްޔަންގްގެ ސްޕައިސީ ރާމެން ނޫޑްލްސްގެ ބައެއް އުފެއްދުންތައް ޑެންމާކުގައި މަނާކޮށްފި އެވެ.
ޑެންމާކުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ސަމްޔަންގް ކުންފުނީގެ "ބުލްޑަކް" ބްރޭންޑްގެ ތިން ވައްތަރެއްގެ ނޫޑްލްސް ނުކާން އަންގައިފަ އެވެ. އެއީ ބުލްޑަކް ތުރީޓައިމްސް ސްޕައިސީ އެންޑް ހޮޓް ޗިކެން އާއި ޓޫޓައިމްސް ސްޕައިސީ އެންޑް ހޮޓް ޗިކެން އަދި ހޮޓް ޗިކެން ސްޓޫ އެވެ.
އެ ތިން ވައްތަރުގެ ނޫޑްލްސް ނުކާން އަންގަން ޖެހުނީ އޭގައި އެކުލެވޭ ކެޕްސައިސިންގެ މިންވަރު ނުވަތަ ކުޅިރަހަ ހުންނަ ވަރު ވަރަށް މަތިވުމުން ކަމަށާއި އެހާ ކުޅިގަދަވަމުން އެ ކާ މީހުންނަށް އޭގެން ގެއްލުން ލިބިދާނެތީ ކަމަށެވެ. އެހާ ކުޅިގަދަކޮށް ކެއުމުގެ ސަބަބުން ހަށިގަނޑަށް އުނދަގޫތައް ކުރިމަތިވެދާނެތީ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ތިން ވައްތަރުގެ ނޫޑްލްސް ގަނެފައި ހުރި ނަމަ އުކާލަން ނުވަތަ ގަތް ތަނަކަށް އަނބުރާ ރައްދުކުރަން ވެސް އެ ބަޔާނުގައި ވަނީ އެދިފަ އެވެ. އަދި އެ ތިން ވައްތަރުގެ ނޫޑްލްސް ޑެންމާކުގެ މާކެޓުގައި ވިއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޑެންމާކުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ބަޔާން ނެރުނު ނަމަވެސް، އެ ގައުމުގައި މި ވައްތަރުގެ ނޫޑްލްސް ކައިގެން މީހަކަށް ކަމެއްވި ކަމުގެ ރިޕޯޓެއް ކަމާބެހޭ އެއްވެސް އިދާރާއަކަށް އަދި ހުށަހަޅާފައެއް ނުވެ އެވެ. ރާމެންގެ އެއްވެސް އުފެއްދުމެއް ނުކާން އެހެން އެއްވެސް ގައުމެއްގައި ވެސް އަދި މިހާތަނަށް އަންގާފައެއް ނުވެ އެވެ.
ޑެންމާކް މީހުންނަކީ އާންމު ގޮތެއްގައި ކުޅި މަޑުކޮށް ކައި އުޅޭ ބައެކެވެ. އެހެންވެ، ކުޅި ކާނާ އަށް އެމީހުންގެ "ޓޮލެރެންސް ލެވަލް" ވަރަށް ދަށެވެ.
ސަމްޔަންގް އަކީ ދެކުނު ކޮރެއާގެ ކާބޯތަކެތި އުފައްދާ ބޮޑު ކުންފުންޏެކެވެ. އެއީ 1960ގެ އަހަރުން ފެށިގެން އިންސްޓެންޓް ނޫޑްލްސް އުފައްދައި ވިއްކާ ކުންފުންޏެކެވެ. ރާމެން ނޫޑްލްސް އެކްސްޕޯޓް ކޮށްގެން އެ ކުންފުންޏަށް މިދިޔަ އެޕްރީލް މަހު އެކަނި ވެސް 108.6 މިލިއަން ޑޮލަރުގެ ރިކޯޑް އާމްދަނީއެއް ލިބިފަ އެވެ.
އުތުރު ކޮރެއާއިން ޖީޕީއެސް ސިގްނަލް ޖޭމްކުރަނީ!
ނިއުކްލިއާ ހަތިޔާރުން ރައްދު ދޭން ކިމް ފަހެއް ނުޖެހޭނެ
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ތަމްރީންތަކެއް
އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް އަޖުމަބަލައިފި
ދެކުނު ކޮރެއާ އާއި އެމެރިކާ ނިއުކްލިއާ އެއްބަސްވުމެއް
ކަނޑުން އަރައިގަންނާނެ ގޮތުގެ ތަމްރީންތަކެއް ފަށައިފި
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
އުތުރު ކޮރެއާ އިން ދެ ބެލިސްޓިކް މިސައިލް ފޮނުވާލައިފި
ނިއުކްލިއާ ރައްދެއް ދިނުމުގެ ތަމްރީންތަކެއް ބާއްވައިފި
އުތުރު ކޮރެއާ އިން މިސައިލެއްގެ އަޖުމަބަލައިފި