04 ޖޫން 2018
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހަށް، އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން ވަޑައިގަތަސް ހާލަތު ބަދަލުވާނެ ކަމަށް ގަބޫލުނުކުރެެއްވާ ކަމަށް އެމަނިކުފާނުގެ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހަށް، އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީން ވަޑައިގަތަސް ހާލަތު ބަދަލުވާނެ ކަމަށް ގަބޫލުނުކުރެެއްވާ ކަމަށް އެމަނިކުފާނުގެ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވި އެވެ.
ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. ރައީސްގެ މަންދޫބެއްގެ ގޮތުން ބޭއްވެވި އެ ބައްދަލުވުމުގައި އެ ދެ ބޭފުޅުންގެ ހާލުކޮޅާއި ޖަލުގެ ހާލަތު ބައްލަވާފައި ވެ އެވެ.
އެކަމާ ގުޅިގެން "މިހާރު"އާ ވާހަކަދައްކަވަމުން މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ، އެމަނިކުފާނު ހައްޔަރުކުރި ފަހުން ރައީސްގެ މަންދޫބެއްގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ހަތަރު މަސް ވެގެން ދިޔައިރު ވެސް މައުމޫންގެ ހާލަތަށް ބަދަލެއް އައިސްފައިނުވާ ކަމަށް ވިދާޅުވި އެވެ.
މިއީ މައުމޫން ހައްޔަރުކުރިފަހުން އެމަނިކުފާނާ ބައްދަލުކުރެއްވި ސަރުކާރުގެ ދެ ވަނަ އޮފިޝަލެވެ.
"މީގެ ކުރިން ވެސް ރައީސްގެ މަންދޫބެއްގެ ގޮތުން ބޭފުޅަކު ބައްދަލުކުރެއްވި. ނަމަވެސް ހާލަތަކަށް ބަދަލެއް ނާދޭ. އެހެންވެ އެމަނިކުފާނުގެ އަރިހަށް ރައީސް ވަޑައިގަތަސް ހާލަތު ބަދަލުވާނެ ކަމަށް ގަބޫލެއް ނުކުރެއްވޭ،" މައުމޫން ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މައުމޫން ގެންދަވަނީ "ބިިނައިން ޕެެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" އަށް ފަރުވާ ހޯއްދަވަމުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެމަނިކުފާނު ޖަލަށް ލީ ފަހުން، އެ މައްސަލަ ބޮޑުވެ، އެމަނިކުފާނާގެ އަރިހުގައި އަބަދު ވެސް މީހަކު ބެހެއްޓުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް އާއިލާއިން ބުންޏެވެ.
މައުމޫންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ހަމީދު (މ) ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ މައުމޫންގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެ ގިނަ ކަންތައްތަކެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ރިއާޔަތްކުރުމެއް ނެތި އެމަނިކުފާނު ޖަލުގައި ބަހައްޓަވަނީ، ފަނޑިޔާރު ގެއަށް ސިޔާސީ ނުފޫޒެއް ފޯރުވާތީ ކަމަށް މައުމޫން ގަބޫލުފުޅު ކުރައްވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު ބަންދުގައި ބެހެއްޓުމުގެ ނިޔަތެއް ސަރުކާރުގައި ނެތް ކަމަށް، މައުމޫންގެ އަރިހަށް ވަޑައިގެންނެވި ރައީސްގެ ދެ މަންދޫބުންގެ ވާހަކަތަކުން ފާހަގަވިކަމަށް ވިދާޅުވި އެވެ.
ވަކީލް މައުމޫން ވިދާޅުވީ، މައިގްރެއިން ފަދަ ކުދި މައްސަލަތަކުގައި ވެސް ކޯޓުން، މީހުން ގޭ ބަންދަށް ބަދަލުކޮށްދީފައިވާ ކަމަށެވެ.
"ޑޮކްޓަރުން ލަފާދެއްވާފައި އެބަހުރި އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް. ކުދި ކުދި މައްސަލަތަކުގައި ވެސް ކޯޓުން އެބަހުރި މީހުން ގޭ ބަންދަށް ބަދަލުކޮށްދީފައި. ނަމަވެސް ގޭ ބަންދަށް ބަދަލެއް ނުކޮށްދެއްވި. އެހެންވެ ރައީސް މައުމޫން ގަބޫލުފުޅުކުރައްވަނީ ފަނޑިޔާރުގެއަށް ފޯރާ ސިޔާސީ ނުފޫޒެއްގެ ތެރެއިން ކަމަށް މި ކަންކަން ވެގެން މި ދަނީ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްތައް ކުރި ކަމުގައި ވިއަސް މައުމޫން ހުންނެވީ އިސްލާހީ މަސައްކަތުގައި ކަމަށާއި ގިނިކަންޏާ ނަމަވެސް ހުންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާއާ އެމަނިކުފާނުގެ ފޯނު ދޭން އިންކާރު ކުރެއްވި ކަމަށް ބުނެ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކޮށްފަ އެވެ. އޭގެ ބައެއް އަޑުއެހުންތައް މިހާރު ވަނީ ފަށައިފަ އެވެ.
މައުމޫން: "ނުކުރާ ކަމަކަށް އެއްބަހެއް ނުވެވޭނެ"
ރިޔާސީ ޓިކެޓުގައި ޔާމީނަށް ވާދަކުރެއްވިދާނެތަ؟
ހައިލަމްގެ ތުހުމަތު ނުބަލާ ދޫކޮށްލާ ވަރެއް ނޫން!
މިނިސްޓަރު އާދަމް ޝަރީފް، މައުމޫނާ ބައްދަލުކުރައްވައިފި
މައުމޫންގެ ހާލުކޮޅު ގޯސްކަމުން ކޯޓަށް ހާޒިރު ނުކުރެވުނު
ވަކީލް މައުމޫން ނެތީސް ޝަރީއަތް ނުފަށަން އެދިއްޖެ
ފޮށި ފެންނާނެ ކަން އޮތީ "އިލްހާމްވެފައި": ވަކީލުން
މައުމޫންގެ ހެބިއަސް ކޯޕަސް މައްސަލަ ބަލައިގެންފި
ފާރިސް މިނިވަންކޮށްދޭން ކްރިމިނަލް ކޯޓުގައި އެދެފި
ތަހުގީގު ގާނޫނާ ޚިލާފު، ފާރިސް ވާހަކައެއް ނުދެއްކެވި