04 ޖޫން 2018
ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ރައީސްގެ މަންދޫބު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ބައްދަލުކުރައްވައިފި އެވެ.
ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ރައީސްގެ މަންދޫބު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން އެމަނިކުފާނާ ބައްދަލުކުރައްވައި ހާލުކޮޅު ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި ޖަލުގެ ހާލަތުގެ ގުޅޭ ކަންބޮޑުވުންތައް ވެސް ހިއްސާކުރައްވާފައިވާ ކަމަށް ވަކީލް މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތަކާއި ޝަރީއަތްތައް ހިނގާ ގޮތުގެ ކަންބޮޑުވުންތައް ވެސް އާދަމް ޝަރީފާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި ރަސްމީ އިދާރާތަކުން އެމަނިކުފާނާ ދޭތެރޭ ކަންތައްތައް ކުރަމުން ދާ ގޮތުގެ ކަންބޮޑުވުންތައް ވެސް ރައީސްގެ މަންދޫބާ ހިއްސާކުރެއްވި ކަމަށް ވިދާޅުވި އެވެ.
ރައީސްގެ މަންދޫބެއްގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް މިދިޔަ ފެބްރުއަރީ މަހު ވަނީ މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓު ފަނޑިޔާރު އަލީ ހަމީދާ ބައްދަލުކުރައްވައިފަ އެވެ.
ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ އޮތް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫނާއި ދެ ފަނޑިޔާރުންނާ އެކު ގިނަ ބޭފުޅުންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހިމެނިވަޑައިގަންނަވަ އެވެ.
މައުމޫނާއި ދެ ފަނޑިޔާރުންނާ މުއިއްޒު ބައްދަލުކޮށްފި
އަޅުވެތި ނުވެ، މައުމޫން ގެއަށް ބަދަލުކޮށްދީ: މަހްލޫފް
މައުމޫން، މާފުށީ ޖަލުން ދޫނިދު އަށް ބަދަލުކޮށްފި
މައުމޫން: "ނުކުރާ ކަމަކަށް އެއްބަހެއް ނުވެވޭނެ"
ރައީސް ވަޑައިގަތަސް މައުމޫންގެ ހާލަތު ބަދަލެއްނުވާނެ
އިތުބާރު ކުރަންޖެހޭ ޖުޑިޝަރީގެ ހާލަތު!
ބަންދުގައި ތިބި މީހުން ގެއަށް ނުފޮނުވަނީ ހެކިނުދޭތީ
"އިންސާނިއްޔަތަށްޓަކައި ނަމަވެސް ގެއަށް ބަދަލުކޮށްދީ"
ޓެރަރިސްޓުން؟ ހަގީގަތުގައި ވެސް ޓެރަރިސްޓުންތަ؟
މައުމޫން، ޖަލުގައި 50: "ނާތަހުޒީބު އަމަލެއް؟"