19 ޖުލައި 2018
ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދެއްވި ނަމަ، އެމަނިކުފާނު ހުންނަވާނީ ގޭގައި ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވުމުން ރައީސް މައުމޫންގެ ވަކީލް، އަދި ކޮއްކޯފުޅު މައުމޫން ހަމީދު އެކަމަށް ރައްދުދެއްވައި ހަތަރު ޓްވީޓެއް ކުރައްވައިފި އެވެ.
ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދެއްވި ނަމަ، އެމަނިކުފާނު ހުންނަވާނީ ގޭގައި ކަމަށް، ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވުމުން ރައީސް މައުމޫންގެ ވަކީލް، އަދި ކޮއްކޯފުޅު މައުމޫން ހަމީދު އެކަމަށް ރައްދުދެއްވައި ހަތަރު ޓްވީޓެއް ކުރައްވައިފި އެވެ.
އޭގެ ތެރެއިން ފުރަތަމަ ޓްވީޓްގައި މައުމޫން ހަމީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މައުމޫނާ ބައްދަލުކުރައްވަން ޖަލަށް ވަޑައިގެން ދެންނެވީ "އެއްބާރުލުން ދެއްވަން" ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް މައުމޫންގެ ރައްދު އައީ އެގޮތަކަށް ނޫންކަން، ވަކީލްގެ ޓްވީޓުން އެނގެ އެވެ.
"އެއްބާރުލުން ދިނުމަކީ ނުކުރާ ކަމަކަށް އެއްބަސްވުން ކަމަށް ވާ ނަމަ އެކަމެއް ނުކޮށްދެވޭނެ،" ޑިފެންސް މިނިސްޓަރަށް މައުމޫން ދެންނެވި ކަމަށް، މައުމޫން ހަމީދުގެ ޓްވީޓްގައި ލިއުއްވި އެވެ.
Phone dhevvi nama Maumoon hunnavaanee geygai: Raees
The most trusted news source in the Maldives
Mihaaru
ފޯން ދެއްވިނަމަ މައުމޫން ހުންނަވާނީ ގޭގައި ކަމަށް ރައީސް ޔާމީން ވިދާޅުވުން--
ވަކީލް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ޖަލުގައި ހުންނަވަން ޖެހުނީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރެއްވުމުން، އެކަން މިވަގުތު ބާރުގައި ތިބި މީހުންނަށް ހަޖަމްނުކުރެވިގެން ކަމަށެވެ.
ސަރުކާރާ ގުޅިވަޑައިގެންނެވި ނަމަ، ރައީސް މައުމޫނާއި ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމަށް މިހާރު ކުރިމަތިވެވަޑައިގެންފައިވާ ބޭއިންސާފާއި މުޅި އާއިލާ ތަހައްމަލްކުރޭ ވޭންތައް ޖާދުލެއް ފަދައިން ގެއްލުނީސް ކަމަށް، ތިން ވަނަ ޓްވީޓްގައި މައުމޫން ލިއުއްވި އެވެ.
If Pres. @maumoonagayoom @afarismaumoon & @MNadhym surrendered their integrity & became willing accomplices to tyranny & injustice, they would not only be home, they would be accorded the highest honour.
— Maumoon Hameed (@maanhameed) July 19, 2018
They remain defiant: chain their bodies, but their souls are not for sale. pic.twitter.com/DvSnZUJwwg
މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓް--
ވަކީލް ވިދާޅުވީ ތިން ބޭފުޅުން ވެސް ތިއްބެވީ ސާބިތުކަންމަތީގައި ކަމަށެވެ. އަދި ހިލިހިލާ ޖެހިޔަސް އެ ބޭފުޅުންގެ ނަފުސު ވިއްކާނުލަައްވާނެ ކަމަށް ލިއުއްވި އެވެ.
ތަހުގީގަށް ފޯނު ނުދެއްވި މައްސަލަގައި މައުމޫން، 85، ގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ޕީޕީއެމްގައި ކެމްޕެއިނެއް ނުކުރެވޭ، އޮތީ ބިރުދެއްކުން!
"ނަޝީދަށް ގިނަ ވޯޓު ލިބުމަކީ ޕީޕީއެމަށް ރަނގަޅެއް"
ޔާމީންގެ މައްސަލަ ރަޖިސްޓަރީ ނުކުރޭ، ކަންބޮޑުވުން!
ވެރިކަން ވައްޓާލަން އުޅުނީ މައުމޫނު އިސްވެ: ޔާމީން
މައުމޫން ސިޔާސީ ކަންކަން ހުއްޓާލަން ޔާމީންގެ ރައްދެއް
ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަބްދުއްރަހީމް
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
ބިރުދެއްކިޔަސް "އިންޑިއާ އައުޓް" ނުހުއްޓުވޭނެ:އިދިކޮޅު
ތާއީދު ގެންދެވީ ކޮރަޕްޝަނާއި އަނިޔާވެރިވުމުން: ޔުމްނާ
ޔާމީނާ ދެކޮޅަށް މައުމޫން ނުކުތީ "ލެގަސީ" ދުއްވާލާތީ