ރާއްޖޭގައި ނޫސްވެރިކަން ކުރާތާ މިއަދަށް 75 އަހަރު ފުރުނުއިރު ގޮންޖެހުންތަކާ އެކު ވިޔަސް ނޫސްވެރިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަބްދުލްމުއީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
05 ޖޫން 2018
ރާއްޖޭގައި ނޫސްވެރިކަން ކުރާތާ މިއަދަށް 75 އަހަރު ފުރުނުއިރު ގޮންޖެހުންތަކާ އެކު ވިޔަސް ނޫސްވެރިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަބްދުލްމުއީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ނޫސްވެރިންނަށް މަރުހަބާ ވިދާޅުވެ މީޑިއާ ކައުންސިލްގެ ރައީސް ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި ދިވެހި ނޫސްވެރިން ކޮށްފައިވާ މަސައްކަތުގެ އަގު ފަނޑުކޮށްނުލެވޭނެ ކަމަށެވެ. ރާއްޖެ އަށް އެންމެ ބޮޑު ފައިދާއެއް ހޯދައިދިން ބަޔަކީ ނޫސްވެރިން ކަމަށް ވެސް މުއީދު ވިދާޅުވި އެވެ.
REPORT: Dhivehi noosverikamuge 75 aharuge fas kaafu!
The most trusted news source in the Maldives
Mihaaru
ދިވެހި ނޫސްވެރިކަމުގެ ތާރީހު.
"އެކިއެކި ދުވަސްވަރުގައި ކުރިމަތިވި ތަފާތު ގޮންޖެހުންތަކާއި، ގާނޫނާއި ގަވައިދުތަކަށް އަންނަމުން ދިޔަ ބަދަލުތަކުގެ ހޮޅި ރާޅުތަކުގެ ތެރޭގައި ނޫސްވެރިން ދަތުރު ކުރައްވާފައިވަނީ ނުގުޑާނެ އަޒުމަކާއެކު މަންޒިލްމަގުސޫދަށް އަމާޒު ހިފައިގެން،" މުއީދު ވިދާޅުވި އެވެ.
"ގައުމީ ތަރައްގީގެ ކޮންމެ މައިދާނެއްގައި ނޫސްވެރިން ވަނީ، އެވަގުތަކު ފުރުސަތު ފަހިވެފައިވާ އެންމެ ފުޅާ ދާއިރާގައި ވާޖިބު އަދާކުރައްވާފައި. ކުރިމަތިވި ކޮންމެ ހުރަސްތަކެއް އެވަގުތަކަށް އެންމެ މުނާސިބު ހިކުމަތު އަމަލީގެ ފައިން ގިރާކުރައްވާފައި."
މުއީދު ވިދާޅުވީ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީން ނޫސްވެރިން ތަމްރީނު ކުރުމަށް މަސައްކަތް ކުރުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި އޭގެ ބޭނުން ނޫސްވެރިން ހިފުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
ނޫސްވެރިންގެ ރައްކާތެރި ކަމަށް މީޑިއާ ކައުންސިލުން ގަދަ އަޅައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ނޫސްވެރިކަމަކީ ގައުމަށްޓަކައި ކުރެވޭ މަސައްކަތަކަށް ހެދުމަށް ވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މުއީދު ވިދާޅުވި އެވެ. އެގޮތުން ނޫސްވެރިންނަށް ގޮންޖެހުމެއް ދިމާވާ ކޮންމެ ފަހަރަކު އެކަން ހައްލު ކުރަން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީޑިއާތަކަށް މާލީ މިނިވަންކަން ހޯދައި ދޭންޖެހޭ"
މިއީ ނޫސްވެރިކަމުގައި އިންގިލާބީ އަހަރެއް: ޝަހުބާން
މިނިވަން ނޫސްވެރިކަމާ ނުލައި ގައުމަށް ދިރުމެއް ނާންނާނެ
ތަން ދޭ އެންމެ ފުޅާކޮށް ނޫސްވެރިކަން ކުރޭ: ކައުންސިލް
ނޫސްވެރިން ތިބީ ބިރުވެރިކަމެއްގައި، މިނިވަންކަމެއް ނެތް
އޮޅުންބޮޅުން- ނޫސްވެރިންގެ މިނިވަންކަން
ނޫސްވެރިންގެ އެވޯޑު "ގެއްލިއްޖެ"؟
މީޑިއާގެ ބެލެނިވެރިން ނޫސްވެރިކަން ރަށްމެދުކޮށްފި
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ