Roadha Mihaaru
ނިހާން، އިންޑިއާ އިން އަނބުރާ ފޮނުވާލައިފި

ނިހާން، އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލައިފި

05 ޖޫން 2018

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން، އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ، އަނބުރާ މިއަދު ރާއްޖެ ފޮނުވާލައިފި އެވެ. މިއީ ރާއްޖޭގެ އިސްބޭފުޅަކު އިންޑިއާ އަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލި ފުރަތަމަ ފަހަރު ވެސް މެ އެވެ.

"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި، ބޭސްފަރުވާއަކަށް އިންޑިއާގެ ޗެންނާއީ އަށް ނިހާން ރޭ ވަޑައިގަތުމާ އެކު، އިންޑިއާގެ އިމިގްރޭޝަނުން ވަނީ އޭނާ އެ ގައުމަށް އެތެރެވިޔަ ނުދީ ހުއްޓުވައިފަ އެވެ. އަދި ރާއްޖެ އަށް އެންމެ އަވަހަށް އޮތް މަތިންދާބޯޓުން އަނބުރާ ފޮނުވައިލީ ކަމަށް އެނގިފައިވެ އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން އަނބުރާ ފޮނުވާލި ނަމަވެސް އެއީ ޑީޕޯޓް ކުރުމެއް ނޫނެވެ. ސަބަބަކީ ނިހާންގެ ޕާސްޕޯޓުގައި އެއްވެސް ލިޔުމެއް އަދި ޑީޕޯޓު ތައްގަނޑު އިންޑިއާ އިން ޖަހާފައި ނެތުމެވެ.

ނިހާން ކުރެއްވި ޓުވީޓް

ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޕީޕީއެމްގެ އިސް މެމްބަރަކާ މެދު އިންޑިއާ އިން މިހާ ހަރުކަށި ފިޔަވަޅެއް އެޅި ސަބަބު އަދިއެއް ނޭނގެ އެވެ. ނިހާންގެ ފޯނަށް "މިހާރު" ން ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.

ނަމަވެސް، އެ މައްސަލައާ ގުޅޭ ގޮތުން އޭނާ ފަހުން ކުރެއްވި ޓުވީޓެއްގައި ވަނީ މިރޭ 10 ޖަހާއިރު، ހޮޓެލް ޖެން އަށް ނޫސްވެރިން ދިއުމުން، ކަން ހިނގި ގޮތުގެ މައުލޫމާތު ދެއްވާނެ ކަމަށެވެ.