Roadha Mihaaru
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

25 ފެބުރުއަރީ 2019

އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭވަރުގެ ގައުމެއް ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާތީ، އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިންޑިއާގައި އޮތީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އެއީ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފޭވަރުގެ ގައުމެއް ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާތީ، އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

އިދިކޮޅު ޕާޓީ، ޕީޕީއެމް/ކޮންގްރެސް ޕާޓީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މާރިޔާ ހާޒިރު ކުރުމަށް މަސައްކަތް ކުރުމުން އެކަން ކާމިޔާބު ނުވި ކަމަށެވެ. އެކަން ނުވީ އެ ކޮމިޓީއަށް މިހާތަނަށް މުގައްރިރެއް ކަނޑަނޭޅިގެންނެވެ.

އެކަން ނުވުމުން، މާރިޔާ މަގާމުން ވަކިކުރުމުގެ މައްސަލަ، އިދިކޮޅު ކޯލިޝަންގެ މެމްބަރުން ސޮއިކުރައްވައި މަޖިލިހަށް މިއަދު ހުށަހަޅާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ. އޭގައި ސޮއިކުރެއްވީ ކިތައް މެމްބަރުންނެއް ކަމެއް ނިހާން ވިދާޅެއް ނުވެ އެވެ.

"އެހެންކަމުން މިކަން 14 ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން،" ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.

India ah Raajje hifidhaane kamah vidhaalhuvumun Mariya majilihah

India ah Raajje hifidhaane kamah vidhaalhuvumun Mariya majilihah

The most trusted news source in the Maldives

Mihaaru

މާރިޔާ މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅުން--

ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމަކީ ގައުމީ މަސްލަހަތުގައި އެފަދަ މައްސަލަައް ބައްލަވާނެ ބޭފުޅެއް ކަމަށް ނިހާން ވިދާޅުވި އެވެ.

މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީން އެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ ބޭފުޅުން ފަހަތުފަޔަށް ބުރަވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ހުރިހާ ދިވެހިން ވެސް ކަންބޮޑުވާނެ ކަމެއް ކަމަށެވެ.

"އިންޑިއާއާ ގުޅޭގޮތުން އެ ދެކެވުނު ވާހަކަތަކަށް ރާއްޖޭގެ ރައްޔިތުން ކަންބޮޑުވޭ. އެއީ ދިފާއީ ވަޒީރެއްގެ ހައިސިއްޔަތުން ވިދާޅުވެގެން ވާނެ ވާހަކަފުޅެއް ނޫން،" އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވެފައި ވަނީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އެ ގައުމު ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ. އިންޑިއާ އަކީ އަސްކަރީ ގޮތުން ބާރުގަދަ ބައެއްގެ ގޮތުގައި ސިފަކުރައްވައި، މާރިޔާ ވަނީ އިންޑިއާ އަސްކަރިއްޔާ އަށް ތައުރީފް ކުރައްވައިފަ އެވެ. އިންޑިއާ އިން ބޭނުންވެއްޖެ ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މާރިޔާ ވިދާޅުވުމުން، ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. މާރިޔާގެ ވާހަކަ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި، މިއީ ރާއްޖޭގެ މިނިސްޓަރަކަށް ހުންނަވައިގެން ދެއްކެވޭނެ ފަދަ ވާހަކަތަކެއް ނޫނެވެ. މިއީ، ގައުމީ ސަލާމަތާ ގުޅުން ހުރި ވާހަކައެއް ކަމަށާއި މާރިޔާ ދިވެހިންގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ.