ދުބާއީން ފުރަައިގެން މާލެއަށް 309 ޕެސެންޖަރުންނާއެކު ދަތުރުކުރި އީކޭ 652 ކުއްލި ހާލަތުގައި އިންޑިއާގެ މުމްބާއީއަށް ޖެއްސުނީ ނަސީބު ރަނގަޅުކަމުން ކަމަށާއި އެކަމާ ޕައިލެޓުންނަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
26 ޖުލައި 2016
ދުބާއީން ފުރަައިގެން މާލެއަށް 309 ޕެސެންޖަރުންނާއެކު ދަތުރުކުރި އީކޭ 652 ކުއްލި ހާލަތުގައި އިންޑިއާގެ މުމްބާއީއަށް ޖެއްސުނީ ނަސީބު ރަނގަޅުކަމުން ކަމަށާއި އެކަމާ ޕައިލެޓުންނަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޑޮޓްކޮމް އާއި އެހެން ބައެއް ނޫސްތަކުގައި ބުނެފައި ވަނީ އީކޭ 652 ގެ ފްލައިޓް މާލެއަށް ދަތުރުކުރަނިކޮށް މުމްބާއި ޗަތްރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް އެދުނީ ބޯޓުގެ ކޮކްޕިޓާއި ކެބިން އިން ދުން އަރާތީ ކަމަށާއި އެހާ ހާލަތުގައި އިންޑިއާ ކަނޑު ހުރަސްކުރުމަކީ ނުރައްކަލަށް ވެދާނެތީ އިންޑިއާގެ ކޯސްޓްގާޑު ވެސް ކުއްލި ހާލަތަށް އައި ކަމަށެވެ. އަދި ޕައިލެޓްގެ އެ މެސެޖް އެއާ ޓްރެފިކް ކޮންޓްރޯލަކުންނަށް ލިބުމާއެކު ކޯސްޓްގާޑު ވެސް ހަރަކާތްތެރިވާން ފެށި ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އިންޑިއާގެ އެ ނޫހުގައި ބުނެފައި ވަނީ ބޯޓު ލުއިކުރުމަށްފަހު އިންޑިއާ ކަނޑަށް ސޮފްޓް ލޭންޑިންއެއް ހަދަން ޖެހިއްޖެ ނަމަ ހަދަން ޕައިލެޓުންނާއި ކްރޫން ތިބީ ތައްޔާރުވެގެން ކަމަށާއި ނަމަވެސް އެފަދަ ހާލަތެއް މެދުވެރިނުވެ ބޯޓު އިންޑިއާ ގަޑިން 2:58 ގައި ޖެއްސި ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ބޯޓު ދުބާއީން ފުރާފައި ވަނީ އެތަނުގެ ގަޑިން ހެނދުނު 9:50ގަ އެވެ. އަދި މާލެ އައުމަށް ހަމަޖެހިފައި އޮތީ ހަވީރު 3:05ގަ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ބޯޓު މުމްބާއީއަށް ޖެއްސިއިރު އަލިފާން ނިވާ ލޮރީތަކާއި އެމްބިއުލާންސްތައް އޮތީ ތައްޔާރީ ހާލަތަށް ގެނެސްފައި ކަމަށެވެ. އަދި ބޯޓު ޖެއްސުމާއެކު ފަސިންޖަރުން ބޭލުމަށްފަހު ބޯޓު ޓޯކޮށްގެން ގެންގޮސް ހައި ލެވެލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އެމިރޭޓްސްގެ އޮފިޝަލަކު ވިދާޅުވީ ދުބާއީން މާލެ އައި ފްލައިޓަށް ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށާއި އޭގެ ތަފުސީލްތައް ފަހުން ހާމަކުރާނެ ކަމަށެވެ. އަދި ހުރިހާ ފަސިންޖަރުން ރައްކާތެރިކަމާއެކު ބޯޓުން ބާލައިގެން ގެންގޮސްފައިވާ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.
ރާއްޖޭގައި ހުންނަ އެމިރޭޓްސްގެ އޮފީހުން ބުނީ އީކޭ 652 އިން މާލެއަށް ދަތުރުކުރި ފަސިންޖަރުން މިރޭ މާލެ ގެންނާނެ ކަމަށެވެ. ނަމަވެސް އެ މީހުން ގެންނަނީ މިރޭ 9:29ގައި ޖެއްސުމަށް ހަމަޖެހިފައިވާ ބޯޓުން ކަމަށް އެ އޮފީހުން ނުބުނެ އެވެ.
އެމިރޭޓްސްގެ ބޯޓުގައި ތިބި މީހުން ރާއްޖެ ގެނެސްފި
އެމިރޭޓްސްގެ ގެއްލުން 5.5 ބިލިއަން ޑޮލަރަށް އަރައިފި
ކެންސަރަށް ފަރުވާ ހޯދަމުން ސަންޖޭ ދުބާއީ އަށް
އެމިރޭޓްސްގެ ފައިދާ މިދިޔަ އަހަރު 21ޕަސެންޓަށް މަތިވި
ލޮކްޑައުންތަކަށް އަހަރެން ވަރަށް ފަރިތަ: ސަންޖޭ
އޭ380ގެ އެންމެ ކުރު ކޮމާޝަލް ދަތުރު؛ 40 މިނެޓް
ވަގަށް ނެގި ޖަވާހިރު އޮތީ ބަނޑުތެރޭގައި
ފިރިމީހާގެ ޕާސްޕޯޓުގައި އަނބިމީހާ މެންޗެސްޓާ އިން އިންޑިއާ އަށް
ޗެކިން ކުރުމާއި ބޯޑިން ފާސް ދޫކުރުން ވެސް ގޭގައި
އީކޭގެ ފަސިންޖަރުން އެހެން ފްލައިޓެއްގައި ފުރައިފި