ކޮވިޑާ ގުޅިގެން ދަތުރުކުރުން ހުއްޓާލުމުގެ ސަބަބުން މިދިޔަ އަހަރު އެމިރޭޓްސް އަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުންް ލިބިއްޖެ އެވެ.
16 ޖޫން 2021
ކޮވިޑާ ގުޅިގެން ދަތުރުކުރުން ހުއްޓާލުމުގެ ސަބަބުން މިދިޔަ އަހަރު އެމިރޭޓްސް އަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުންް ލިބިއްޖެ އެވެ.
މިއީ މިދިޔަ 30 އަހަރު ވެސް އެ ކުންފުންޏަށް ނުލިބޭ ވަރުގެ ބޮޑު ގެއްލުމެކެވެ. މިިދިޔަ އަހަރު ކޮވިޑްގެ އުނދަގޫ ހާލަތުގައި އެ ކުންފުންޏަށް ވަނީ 288 މިލިއަން ޑޮލަރުގެ ފައިދާ ލިބިފަ އެވެ. އެމިރޭޓްސް އިން އަހަރު ގުނަނީ ކޮންމެ އަހަރެއްގެ މާޗުން އަނެއް އަހަރުގެ މާޗަށެވެ. އެހެންވެ، މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ހާމަކުރީ ކޮވިޑްގެ ހާލަތުގެ އެންމެ ކުރީކޮޅެވެ. އެއާ އެކު މިދިޔަ އަހަރު ވެސް އެ ކުންފުނީގެ ފައިދާ 66 ޕަސެންޓަށް ދަށަށް ދިޔަ އެވެ.
ކުންފުންޏަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ދުބާއީ އިން ވަނީ 1.1 ބިލިއަން ޑޮލަރުގެ އެހީއެއް ދާދިފަހުން ދީފަ އެވެ. ސަރުކާރުތަކުން އެއާލައިންތަކަށް އެހީވުމަށް ބިލިއަން ޑޮލަރުން އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަަނަށް އެމިރޭޓްސް އަށް 3.1 ބިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ދީފައިވެ އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސްޓޭޓް އެއާލައިން، އެމިރޭޓްސް އަކީ މުޅި ދުނިޔޭގައި އެންމެ ފުޅާކޮށް ދަތުރުފަތުރުތައް ކުރަމުން އަންނަ އެއް އެއާލައިނެވެ.
އެމިރޭޓްސް އެއާލައިން އުފެދުނު ފަހުން މިއީ އެ ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އަހަރެވެ. އަދި މިއީ ކުންފުނި އުފެދުނު ފަހުން އެ ކުންފުންޏަށް ގެއްލުން ލިިބުނު ތިން ވަނަ ފަހަރެވެ. އެ އެއާލައިނުން ބުނީ ކުންފުންޏަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ކުރިއަށް އޮތްތަނުގައި ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެމިރޭޓްސްގެ އިތުރުން ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭޒް އަށް އެ ގައުމުގެ ސަރުކާރުން ވެސް ވަނީ ތިން ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެމިރޭޓްސްގެ ޗެއާމަން ޝެއިހު އަހުމަދު ބިން ސައީދު އަލް މަކްތޫމް ވިދާޅުވީ، ކޮވިޑްގެ ހާލަތުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރިއަށް އޮތް ދުވަސްތައް ވެސް ފޯކާސްޓު ކުރަން ނޭންގުން ކަމަށެވެ.
އެ އެއާލައިނަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ކުންފުނީގެ ކެޕޭސިޓީ 82 ޕަސެންޓް ކުޑަކުރި އެވެ. އަދި އެ ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފުން 40،000 އިން 20،000 އަށް މަދު ކުރި އެވެ.
އެމިރޭޓްސްގެ ފައިދާ މިދިޔަ އަހަރު 21ޕަސެންޓަށް މަތިވި
އޭ380ގެ އެންމެ ކުރު ކޮމާޝަލް ދަތުރު؛ 40 މިނެޓް
ފިރިމީހާގެ ޕާސްޕޯޓުގައި އަނބިމީހާ މެންޗެސްޓާ އިން އިންޑިއާ އަށް
ޗެކިން ކުރުމާއި ބޯޑިން ފާސް ދޫކުރުން ވެސް ގޭގައި
އެމިރޭޓްސްގެ ބޯޓުން ސަލާމަތްވި މީހަކަށް އެއް މިލިއަން ޑޮލަރު
އެމިރޭޓްސްގެ ބޯޓުން އަލިފާން ނިއްވި މީހަކު މަރުވެއްޖެ
އެމިރޭޓްސްގެ ބޯޓެއް ދުބާއީގައި ކްރޭޝް-ލޭންޑްކޮށްފި
އެމިރޭޓްސްގެ ބޯޓުގައި ތިބި މީހުން ރާއްޖެ ގެނެސްފި
އެމިރޭޓްސްގެ ބޯޓު ސަލާމަތްވީ ނަސީބަކުން؟
މާލެ ދަތުކުރި އެމިރޭޓްސް ބޯޓް އިމަޖެންސީގައި ޖައްސައިފި