13 ޖޫން 2018
ސަރުކާރުން ހިންގި "އެއްލަކިން ލައިސަންސް" ޕްރޮގްރާމްގައި ލައިސަންސް ނެގި މީހުންނަށް ކުރިއަށް އޮތް 2-3 ދުވަސް ތެރޭގައި ލައިސަންސް ކާޑް ދޫކޮށް ނިންމާލެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ސަރުކާރުން ހިންގި "އެއްލަކިން ލައިސަންސް" ޕްރޮގްރާމްގައި ލައިސަންސް ނެގި މީހުންނަށް ކުރިއަށް އޮތް 2-3 ދުވަސް ތެރޭގައި ލައިސަންސް ކާޑް ދޫކޮށް ނިންމާލެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
އެ ޕްރޮގްރާމް ފެށީ، ފޯމު ހުށަހަޅާ ރޭ ތިއަރީ އަދި ޑްރައިވިން ޓެސްޓް ހަދައި ފާސްވުމުން ހަމަ އެ ރޭ ލައިސަންސް ދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް 3،289 މީހުން ލައިސަންސް ނެގުމާ އެކު ފަހުން ނިންމީ އެކި ދުވަސް މަތިން ލައިސަންސް ކާޑު ދިނުމަށެވެ.
ޓްރާންސްޕޯޓުން ބުނި ތާރީޚުގައި ލައިސަންސް ކާޑު ބަލައި ދިޔަ މީހުންނަށް އެ ދުވަހު ލައިސަންސް ނުލިބުމުގެ މައްސަލަތަކެއް ކުރިމަތިވި އެވެ.
އިކޮނޮމިކް މިނިސްޓަރުގެ ނައިބު އަބްދުﷲ މުހައްމަދު ވިދާޅުވީ ލައިސަންސް ކާޑް ހަދަން ބޭނުންކުރަނީ އެންމެ މެޝިނެއް ކަމަށާއި ކާޑެއް ޕްރިންޓް ކުރުމަށް ހަތަރު މިނެޓް ހޭދަވާ ކަމަށެވެ.
"މިހާރު ދުވާލާއި ރޭގަނޑު ވެސް މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެން މިބަލަނީ 2-3 ދުވަހުގެ ތެރޭގައި މިކަން ނިންމާލެވޭތޯ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކާޑުތައް ދީ ނިމުމާ އެކު "އެއްލަކިން ލައިސަންސް"ގެ އެހެން ބުރެއް ބާއްވާނެ އެވެ. އެކަމަކު އެކަން ދެން އޮންނާނީ ހުޅުމާލޭގައި ކަމަށް އަބްދުﷲ ވިދާޅުވި އެވެ.
Eh lakin licence libunu meehunnah faritha kodhenee
The most trusted news source in the Maldives
Mihaaru
އެއް ލަކިން ލައިސެންސް ލިބުނު މީހުން ފަރިތަކޮށްދިނުން--
އެއް ކަލިން ލައިސަންސް ޕްރޮގްރާމްގައި، ފަރިތަ ނޫން މީހުންނަށް ލައިސަންސް ދީފައިވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި އެ ޕްރޮގްރާމުން ލައިސަންސް ނެގި ގިނަ ބަޔަކު މިހާރު އަންނަނީ ޑްރައިވިން ސުކޫލުތަކުން ދުއްވަން ދަސްކުރަމުން ކަމަށް އެ ސެންޓަރުތަކުން ބުނެ އެވެ.
އެއްލަކިން ލައިސަންސް ޕްރޮގްރާމްގައި ޓެސްޓް ހެދިއިރު، ވެހިކަލް ޕާކްކުރާކަށް ނުޖެހެ އެވެ. އަދި ސައިކަލް ލައިސަންސް ދިނީ، އާންމުކޮށް ދުއްވާ ޓެސްޓްތަކުގައި އޮންނަ އަށެއް އެޅުމެއް ނެތި އެވެ. އަދި ކާރާއި ޕިކަޕްގެ ޓެސްޓްގައި ރޭމްޕް މަތިން ފައިބައި އަރާކަށް ވެސް ނުޖެހެ އެވެ.
މި މައްސަލަތައް ބައެއް މީހުން ނެގުމުން އެކަމަށް ރައްދުދީ އަބްދުﷲ ވިދާޅުވީ އެ ޕްރޮގްރާމުން ދުއްވަން ނޭނގޭ މީހުންނަށް ލައިސަންސް ދީފައިނުވާނެ ކަމަށެވެ. އަދި ބައިވެރިވި ނުވަ ހާހަށް ވުރެ ގިނަ މީހުންގެ ތެރެއިން 300 އެއްހާ މީހުން ފެއިލްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެއީ، އަބްދުﷲ ވިދާޅުވި ގޮތުގައި، ޓެސްޓް ފަސޭހަ ނޫންކަމުގެ ހެއްކެކެވެ.
އޮޅުންބޮޅުން- އެއްލަކިން ލައިސަންސް
"އެއްލަކިން ލައިސަންސް" ނެގި މީހުން އަލުން ދަސްކުރަނީ
އެއްލަކިން ނުރައްކަލަކާ ދިމާއަށް!
އެއް ދުވަހުން ލައިސަންސް ނެގޭ މުއްދަތު އިތުރުކޮށްފި
ހާއްސަ ޕްރޮގްރާމްގައި 746 މީހަކަށް ލައިސަންސް ދީފި
އެއް ދުވަހުން ލައިސަންސް ނަގަން ދިގު ކިޔޫއެއް
ފަސޭހައިން ލައިންސަންސް ލިބޭ ޕްރޮގްރާމް ހަފުތާބަންދުގައި
އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ހަރަކާތެއް
ލައިސަންސް ފީ ކައުންސިލްތަކުން ބަލައިގަންނަ ގޮތް ހަދަނީ
ޑްރައިވިން ސްކޫލަށް ނުދާ ނަމަ ލައިސަންސް ނުލިބޭނެ