އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެއް ދުވަހުން ދޭ ޕްރޮގްރާމްގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
28 މެއި 2018
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެއް ދުވަހުން ދޭ ޕްރޮގްރާމްގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ފެށި "އެއް ލަކިން މަށަށް ލައިސަންސް" ޕްރޮގްރާމް ކުރިއަށް ގެންދަން ކުރިން ނިންމާފައި ވަނީ މިރޭގެ ނިޔަލަށެވެ. މިހާތަނަށް ދެ ރޭ ބޭއްވި އެ ޕްރޮގްރާމްގައި 3،000 އަށް ވުރެ ގިނަ މީހުން ބައިވެރި ވެފައިވާއިރު، 746 މީހުންނަށް ވަނީ ލައިސެންސް ވަނީ ދީފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ، ލައިސެންސް ޕްރޮގްރާމްގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށް، ދުވާލަކު 200 މީހުންނަށް ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 5:00 އަށް 200 ޓޯކެން ނަމްބަރު ސޯޝަލް ސެންޓަރުން ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.
ޑްރައިވިން ލައިސެންސް އެއް ދުވަހުން ދިނުމުގެ ޕްރޮގްރާމްގައި، ސައިކަލްގެ އިތުރުން ކާރާއި ޕިކަޕްގެ ލައިސެންސް ވެސް ނެގެ އެވެ.
އެ ޕްރޮގްރާމްގައި، ފޯމު ހުށަހަޅާ ރޭ ތިއަރީ އަދި ޑްރައިވިން ޓެސްޓް ހަދައި ފާސްވުމުން ހަމަ އެ ރޭ ލައިސެންސް ދެ އެވެ. އަދި އާންމުކޮށް ހަދާ ޓެސްޓަށް ވުރެ މި ޓެސްޓްތައް ފަސޭހަ އެވެ.
އޮޅުންބޮޅުން- އެއްލަކިން ލައިސަންސް
އެއްލަކިން ނުރައްކަލަކާ ދިމާއަށް!
ހާއްސަ ޕްރޮގްރާމްގައި 746 މީހަކަށް ލައިސަންސް ދީފި
އެއް ދުވަހުން ލައިސަންސް ނަގަން ދިގު ކިޔޫއެއް
ޑްރައިވިން ސްކޫލަށް ނުދާ ނަމަ ލައިސަންސް ނުލިބޭނެ
ލައިސަންސް އިމްތިހާނުގެ މުއްދަތު އަންނަ އަހަރާ ހަމައަށް
ވަކި ގައުމުތަކެއްގެލައިސަންސް އޮންނަ ދިވެހިންނަށް ލުޔެއް
ގޯސްކޮށް ޕާކްކުރުމުން ލައިސަންސް ބާތިލްވާ ގޮތް ހަދައިފި
ލައިސަންސް އާކޮށްދިނުމުގެ ހިދުމަތް ދޭން އަލުން ފަށަނީ
ލައިސަންސްގެ މުއްދަތު ހަމަވިޔަސް ގަބޫލުކުރާނެ