Roadha Mihaaru
އޭސްހާޑްވެއާއިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

އަހަރީ ދުވަހާ ގުޅިގެން އޭސް ހާޑްވެއާއިން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

09 ޑިސެމްބަރ 2019

އޭސް ހާޑްވެއާގެ އަށް ވަނަ އަހަރީ ދުވަހާ ގުޅިގެން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެ ފިހާރައިން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އޭސް ހާޑްވެއާގެ އަށް ވަނަ އަހަރީ ދުވަހާ ގުޅިގެން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އެ ފިހާރައިން ފަށައިފި އެވެ.

މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ގޭތެރެ ޒީނާތްތެރި ކުރުމަށް ބޭނުންވާ ސާމަނާއި ހާޑްވެއާ ސާމާނާއި ސްކޫލް ކުދިންގެ ސާމާނުގެ އިތުރުން ބަގީޗާތަކަށް ބޭނުންވާ ސާމާނާއި ބާބަކިއު ހަދަން ބޭނުންވާ ސާމާނުން ވެސް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން އޭސް ހާޑްވެއާގެ ހެންވޭރު އަދި މާފަންނުގެ ފިހާރައިގައި ވެސް ކުރިއަށްދާނެ އެވެ.

އޭސް ހާޑްވެއާއިން ޑިސްކައުންޓް ދޭ ސާމާނުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ސްކޫލް ކުދިންނަށް ބޭނުންވާ ފެން އަޅާ ފުޅިތަކެވެ. މީގެ ތެރެއިން ދެ ފުޅީގެ ޕެކެއްގެ އަސްލު އަގު 169.99ރ އަށް އުޅޭއިރު ދެ ފުޅި މިހާރު ލިބެން ހުރީ 99.99ރ. އަށެވެ. އަދި އެއް ފުޅި މިހާރު ލިބެނީ 49.99ރ އަށެވެ. އަދި 299.99ރ. އަށް ލިބޭ ފުޅިތައް ވެސް މި ޕްރޮމޯޝަންގައި ލިބެން ހުރީ 99.99ރ. އަށެވެ.

ސްކޫލް ކުދިން ފެންބޯން ބޭނުންކުރާ ފުޅި: މި ފުޅިތައް މިހާރު ލިބޭނީ 99.99ރ. އަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ސްކޫލް ކުދިން ފެންބޯން ބޭނުންކުރާ ފުޅި: މި ފުޅިތައް މިހާރު ލިބޭނީ 99.99ރ. އަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ޕްރޮމޯޝަންގެ ތެރެއިން ޑަސްބިންތަކުން ވެސް ހާއްސަ އޮފާއެއް ވެސް އޭސް ހާޑްވެއާއިން ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި އެ ފިހާރައިން ޑަސްބިނެއް ގަތުމުން އިތުރު ދެ ޑަސްބިން ހިލޭ ލިބޭނެ އެވެ.

އޭސް ހާޑްވެއާއިން ވަނީ މި ޕްރޮމޯޝަންގެ އިތުރުން އެ ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ބޭރު ގައުމަކަށް ޗުއްޓީ ހޭދަ ކޮށްލަން ދިއުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. މި މަސްތެރޭގައި އެ ފިހާރައިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން 300ރ. އިން މަތީގެ ވިޔަފާރި ކުރާ މީހުންގެ މެދުގައި ގުރުއަތު ނަގާނެ އެވެ. ގުރުއަތުން ހޮވޭ މީހަކަށް ކުއަލަ ލަމްޕޫރާއި، ބާލީ އާއި ދުބާއީ އަދި ބެންކޮކްގެ ތެރެއިން ބޭނުންވާ ތަނެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ދަތުރުގައި ދެ މީހުންނަށް ތިން ދުވަހުގެ ހުރުމާއި ޓިކެޓް އޭސް ހާޑްވެއާއިން ދޭނެ އެވެ.

އޭސް ހާޑްވެއާގެ ގްރޭންޑް ޕްރައިޒް--

މީގެ އިތުރުން އެ ފިހާރައިން ވަނީ ސޯޝަލް މީޑިއާގައި ވެސް ޕްރޮމޯޝަނެއް ފަށާފަ އެވެ. މި ޕްރޮމޯޝަނުގައި އެ ފިހާރައިގެ ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ރައްޓެހިންތައް ޓެގް ކުރުމުން އޭގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް 8،000ރ. ގެ ފައިސާގެ އިނާމް ލިބޭނެ އެވެ. މި ޕްރޮމޯޝަން ވެސް ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ.

ސޯޝަލް މީޑިއާ ޕްރޮމޯޝަނުގައި ރައްޓެހިން ޓެގް ކުރަން ޖެހޭ ޕޯސްޓް--

ހާޑްވެއާ ސާމާނާއި ގެއަށް ބޭނުންވާ ސާމާނު އެންމެ ފުޅާ ދާއިރާގައި ރާއްޖޭގައި ވިއްކާ އޭސް ހާޑްވެއާގެ އެންމެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ 20 ޑިސެމްބަރު 2011 ގަ އެވެ. އެއީ އެމެރިކާގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށް ވާ ކޯ-ލޯޑްސް އާ ދެމެދު ވި އެއްބަސްވުމެއްގެ ފެށި ވިޔަފާރިއެކެވެ.