Roadha Mihaaru
އޭސް ހާޑްވެއާގެ އަހަރީ ޕްރޮމޯޝަންގައި ބޮޑެތިއިނާމްތަކެއް

އޭސް ހާޑްވެއާގެ ނުވަ ވަނަ އަހަރު ބޮޑެތި ޑިސްކައުންޓްތަކާ އެކު ފާހަގަކުރަނީ

06 ޑިސެމްބަރ 2020

އޭސް ހާޑްވެއާގެ ނުވަ ވަނަ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އޭސް ހާޑްވެއާގެ ނުވަ ވަނަ އަހަރީ ދުވަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި ހާއްސަ ޑިސްކައުންޓްތަކަކާއި ހަދިޔާތަކެއް ކަސްޓަމަރުންނަށް ދިނުމަށް ވަނީ ނިންމައިފަ އެވެ. މި ޕްރޮމޯޝަން، ފިހާރަ އަށް ގޮސް ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަކޮށްފައި ވާއިރު އޮންލައިންކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވަކިން ހާއްސަ ޕްރޮމޯޝަނެއް ވެސް ހިންގަ އެވެ.

އޭސް ހާޑްވެއާ ފިހާރަޔަށް ގޮސް ވިޔަފާރި ކުރާ މީހުންނަށް 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން ގޭތެރެއަށް ބޭނުންވާ ސާމާނާއި ބަދިގެ އަށް ބޭނުންވާ ސާމާނާއި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ ސާމާނުން ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން ކުޑަކުދިންގެ ކުޅޭ ސާމާނާއި ކުލައިން ވެސް ޑިސްކައުންޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 1 އިން ފެށިގެން މި މަހުގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ ދަށުން ފިހާރަ އަށް ގޮސް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 300ރ. އަށް ވުރެ މަތީގެ ވިޔަފާރިއެއް ކޮށްފި ނަމަ ކޫޕަނެއް ލިބޭނެ އެވެ. މިގޮތަށް ހޮވާ ހާއްސަ ނަސީބުވެރިއަކަށް އައިފޯން 12 ޕްރޯ އެއް ލިބޭނެ އެވެ.

އޭސް ހާޑްވެއާ ފިހާރަ ރާއްޖޭގައި ހުޅުވާފައިވަނީ މީގެ ނުވަ އަހަރު ކުރިން ޑިސެމްބަރު 15، 2011 ގައެވެ. އެއީ އެމެރިކާގެ ޗިކާގޯގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޯ-ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފެށި ވިޔަފާރިއެކެވެ. މި އެއްބަސްވުމަށް ފަހު އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ފުރަތަމަ ފިހާރަ މާލޭގައި ހުޅުވާފައި ވަނީ ޑިސެމްބަރު 20، 2011 ގަ އެވެ. އަދި ޑިސެމްބަރު 19، 2013 ގައި ދެވަނަ ފިހާރައެއް ވެސް ވަނީ ހުޅުވައިފަ އެވެ.