Roadha Mihaaru
ރައީސްއާ އީދު ސަލާމްކުރަން ގިނަ އަދަދެއްގެ ބަޔަކު

ރައީސްއާ އީދު ސަލާމް ކުރަން ގިނަ އަދަދެއްގެ ބަޔަކު ހިނގައްޖެ

15 ޖޫން 2018

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި އީދު ސަލާމްކުރަން މިއަދު ގިނަ އަދަދެއްގެ ބަޔަކު މިއަދު ރަސްރަނި ބަގީޗާއަށް ޖަމާވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި އީދު ސަލާމްކުރަން މިއަދު ގިނަ އަދަދެއްގެ ބަޔަކު މިއަދު ރަސްރަނި ބަގީޗާއަށް ޖަމާވެއްޖެ އެވެ.

މިއަދު 9:00 ޖެހުމާ އެކު ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވަން ފެއްޓުމާ އެކު ހެދި ކިޔޫ ހުކުރު މިސްކިތަށް ވުރެ ދުރަށް ދެމިގެންދިޔަ އެވެ. ކުރިން އޮތީ ސަލާންކުރެއްވުން ގަޑިއެއްހާ އިރަށް ކުރިއަށް ގެންދާ ގޮތަށެވެ. އެކަމަކު މީހުންގެ އަދަދު ގިނަވުމުން ރައީސް ޔާމީންގެ ދެކަނބަލުން އެ ތަނުގައި ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރެއްވި އެވެ.

ރައީސް ޔާމީންގެ ރިޔާސީ ފުރަތަމަ ދައުރުގެ ފަހު ފިތުރު އީދު ސަލާމްކުރެއްވުމުގައި ކުރިއެކޭ އެގޮތަށް ކުޑަކުދިންގެ އިތުރުން އެކި އުމުރުގެ މީހުން ބައިވެރިވި އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ރައީސާ އެކު ސެލްފީ ވެސް ނަގައިފަ އެވެ.

އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ރައީސްއާ ސަލާމް ކުރައްވަނީ -- ފޮޓޯ:ނިޝާން އަލީ/މިހާރު

އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ރައީސްއާ ސަލާމް ކުރައްވަނީ -- ފޮޓޯ:ނިޝާން އަލީ/މިހާރު

އާންމުންގެ އިތުރުން ބޭރުގެ ސަފީރުންނާއި އިއްޒަތްތެރިން ވެސް އީދު ސަލާމުގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވެސް ހިމެނެ އެވެ.

ސަލާމް ކުރުން އިންތިޒާމްކޮށްފައި އޮތީ ތަފާތު ބުއިންތަކާއި ހަދިޔާ ވެސް ލިބޭ ގޮތަށެވެ.

ރަސްރަނި ބަގީޗާގައި މިއަދު ބޭއްވި ސަލާމް ކުރުމުގެ ހަފުލާގައި ބައިވެރިވި ބަޔަކު ކިއުގައި މަޑުކޮށްގެން. .---ފޮޓޯ:ނިޝާން އަލީ/މިހާރު

ރަސްރަނި ބަގީޗާގައި މިއަދު ބޭއްވި ސަލާމް ކުރުމުގެ ހަފުލާގައި ބައިވެރިވި ބަޔަކު ކިއުގައި މަޑުކޮށްގެން. .---ފޮޓޯ:ނިޝާން އަލީ/މިހާރު

ރައީސް ޔާމީން މިއަދު ފޮނުއްވި އީދު ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ހެޔޮއެދުމުގެ ޝުޢޫރުތައް ފާޅުކުރުމަކީ، އިސްލާމީ ރިވެތި އަހުލާގުގެ މަތިވެރި ނަމޫނާއެއް ކަމަށެވެ.

ފިތުރު އީދުގެ އުފާ ފާޅުކުރަމުން ދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިޔާވަހިކަމެއް ނުލިބި، ބަނޑުހައިހޫނުކަން ތަހައްމުލް ކުރަމުންގެންދާ ނިކަމެތި މުސްލިމުންނަށް ހަމްދަރުދީވެ، އެމީހުންނަށް ހެޔޮދުއާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.