Roadha Mihaaru
މާލޭގައި އީދު ނަމާދުގެ ބޮޑު ޖަމާއަތެއް ނޯންނާނެ

މާލޭގައި އީދު ނަމާދުގެ ބޮޑު ޖަމާއަތެއް ނޯންނާނެ، ގައިދުރުކަމާ އެކު ނަމާދުކުރާނީ މިސްކިތްތަކުގައި

11 މެއި 2021

މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައި ވާތީ ފިތުރު އީދު ނަމާދު ބޮޑު ޖަމާއާތުގައި ނޯންނާނެ ކަމަށާއި ނަމާދު ކުރާނީ ގައިދުރުކަމާ އެކު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައި ވާތީ ފިތުރު އީދު ނަމާދު ބޮޑު ޖަމާއާތުގައި ނޯންނާނެ ކަމަށާއި ނަމާދު ކުރާނީ ގައިދުރުކަމާ އެކު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު "މިހާރު" އަށް ވިދާޅުވީ މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށެވެ.

މިދިޔަ އަހަރު ރަށްރަށުގައި އީދު ނަމާދު ކުރި ނަމަވެސް މިފަހަރު އީދު އައި އިރު މުޅި ރާއްޖެ އަށް ކޮވިޑް ފެތުރި ވަރަށް ގިނަ ރަށްތައް ހުރީ މޮނިޓަރިންގަ އެވެ. އަދި ބައެއް ރަށްރަށުގައި ވަކި ވަގުތުތަކެއްގައި ކާފިއު ވެސް ހިންގަ އެވެ. އެހެންވެ ކުރީ ފަހަރާ ހިލާފަށް ބައެއް ރަށްރަށުގައި ވެސް މިފަހަރު މިސްކިތްތަކުގައި ވެސް އީދު ނަމާދެއް ނުކުރާނެ އެވެ.

އިލްމުވެރިން ވިދާޅުވާ ގޮތުގައި ސުންނަތްކަން ގަދަވެގެންވާ އީދު ނަމާދު ގޭގައި ވެސް ކުރެވޭނެ އެވެ.

މިދިޔަ އަހަރު ފިތުރު އީދު އައި އިރު ކޮވިޑްގެ ސަބަބުން މާލެ ލޮކްޑައުންގައި އޮތުމުން މިސްކިތްތައް ވެސް ހުރީ ބަންދުކޮށްފަ އެވެ. އެހެންވެ އީދު ނަމާދު މިސްކިތުގައި ވެސް ނުކުރެ އެވެ.

ފިތުރު އީދު ވާނީ ކަލަންޑަރުގައިވާ ގޮތުން އަންނަ ބުރާސްފަތި ދުވަހު އެވެ. ފަލަކީ ހިސާބުން ދައްކާ ގޮތުން މިއަދު ޝައްވާލު މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ.