އަންނަ ހޯމަ ދުވަހު އީދު ނަމާދު ވަގުތަށް މާލޭގެ ތިން ސަރަހައްދެއްގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމައިފި އެވެ.
30 އެޕްރީލް 2022
އަންނަ ހޯމަ ދުވަހު އީދު ނަމާދު ވަގުތަށް މާލޭގެ ތިން ސަރަހައްދެއްގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމައިފި އެވެ.
ފުލުހުން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި އިސްލާމީ މަރުކަޒުގެ ސަރަހައްދާއި އަދި މިފަހުން ހުޅުވި ސަލްމާން މިސްކިތުގެ ސަރަހައްދުގެ ޓްރެފިކަށް އެ ދުވަހު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ސަރަހައްދުން ބޮޑުތަކުރުފާނުމަގާއި އަމީރް އަހްމަދު މަގާއި އަދި ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގެ ކަންމަތިން މެދުޒިޔާރަތް މަގަށް، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ބަންދުކުރަން ވަނީ ނިންމައިގަ އެވެ. އީދު ނަމާދު ވަގުތުގައި ސައިކަލް ޕާކްކުރަން އެ ސަރަހައްދުގައި ހަމަޖެހިފައި ވަނީ ބޮޑުތަކުރުފާނު މަގުގަ އެވެ.
އިސްލާމީ މަރުކަޒުގައި ކުރެވޭ، 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދަށް މަގުމަތީގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ ޗާޓު ?
— Maldives Police (@PoliceMv) April 30, 2022
❌ އިން މާކްކޮށްފައިވާ ސަރަހައްދުތަކުގައި ޕާކް ކޮށްފައިވާ އުޅަނދުތައް ނެންގެވުމަށް އެންމެހާ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވަން pic.twitter.com/gF7S6lQ8Ki
އެހެންވެ، އިސްލާމީ މަރުކަޒުގެ ދެކުނަށް އޮންނަ ޕާކިން ޒޯނުގައި މިހާރު ޕާކްކޮށްފައި ހުރި އުޅަނދުތައް ނަގަން ވަނީ އަންގައިފަ އެވެ.
މާފަންނު ސްޓޭޑިއަމް ސަރަހައްދުން މާފަތްތަކުރުފާނުމަގާއި އަމީނީމަގާއި ހިލާލީމަގާއި އެ މަގުތަކަށް ވަދެވޭ ކުދި މަގުތައް ވެސް ބަންދުކުރަން ނިންމާފައިވެ އެވެ. އެ ސަރަހައްދުގައި ވެސް ސައިކަލު ޕާކްކުރާނީ ބޮޑުތަކުރުފާނުމަގުގަ އެވެ. ސްޓޭޑިއަމްގައި ފިރިހެނުން ނަމާދުކުރަން ހަމަޖައްސާފައި ވަނީ ޓާފް ދަނޑުގަ އެވެ. އަދި އަންހެނުންނަށް ހާއްސަކޮށްފައި ވަނީ ދުވާ ޓްރެކެވެ.
ބޮޑު ޖަމާޢަތުގައި މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ކުރެވޭ، 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދަށް މަގުމަތީގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ ޗާޓު ? pic.twitter.com/gbDLmMGXKK
— Maldives Police (@PoliceMv) April 30, 2022
ސަލްމާން މިސްކިތުގެ ސަރަހައްދުގައި ހުޅުމާލެ ފެށީ ޓާމިނަލު ހުންނަ ހިސާބުން ފެށިގެން މަޖީދީ މަގު ކަންމައްޗާ ހަމަ އަށް ހަތަރު، ފުރޮޅުލީ އުޅަނދުތަކަށް ވަނުން މަނާވާނެ އެވެ. އަދި އެ ހިސާބަށް ވަދެވޭ އެހެން މަގުތައް ވެސް ބަންދުކުރާނެ އެވެ. އެ ސަރަހައްދުގައި ވެސް ސައިކަލު ޕާކްކުރަން ހަމަޖައްސާފައި ވަނީ ބޮޑުތަކުރުފާނުމަގުގަ އެވެ.
ކިންގ ސަލްމާން މިސްކިތުގައި، 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދަށް މަގުމަތީގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ ޗާޓު ? pic.twitter.com/2KMarRUuyH
— Maldives Police (@PoliceMv) April 30, 2022
މިއީ 2018 ގެ ފަހުން މާލޭގައި ފިތުރު އީދު ބޮޑު ޖަމާއަތެއްގައި ކުރާ ފުރަތަމަ ފަހަރެވެ. މޫސުން ގޯސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ބޮޑު ޖަމާއާތް ނުބޭއްވުނުއިރު، މިދިޔަ ދެ އަހަރު އެކަން ނުވީ ކޮވިޑް-19ގެ ސަބަބުންނެވެ.
މި އީދަށް ހަފުތާއެއްގެ ބަންދު ލިބޭތީ ގިނަ ބަޔަކު މިހާރު ވާނީ މާލެއިން ބޭރަށް ވެސް ދަތުރުކޮށްފަ އެވެ.
އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި
ދެ އަހަރަށްފަހު ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފި
މާލޭގައި އީދު ނަމާދުގެ ބޮޑު ޖަމާއަތެއް ނޯންނާނެ
އީދު ނަމާދު ކުރާނީ ގޭގައި: އިސްލާމިކް މިނިސްޓްރީ
އީދު ދުވަހާއި ވަޅު އީދު ދުވަހު ހަވީރު ވެހިކަލް މަނާ!
އީދު ނަމާދުގެ ބޮޑު ޖަމާއަތް މިފަހަރު ވެސް ސްޓޭޑިއަމްގައި
އީދު ހުކުރަށް ވާތީ އަލްޖީރިއާގައި ބޮޑު ފިތުނައެއް
ހަގީގީ ފައިދާކުރާނީ ރޯދައިގެ ފަހުން ހެޔޮ އަމަލުކޮށްގެން
އަގީދާ ފުނޑާލާއިރު ރައްކާތެރި ކުރަން އަޒުމް ކަނޑައަޅާ
ދުއާ ނުކުރެވުމުން ރައީސްގެ އިސްތިއުފާ އަށް ގޮވައިފި