Roadha Mihaaru
ތާޒާ ފެންފުޅި ފުސްވެފައިވާކަން ފާހަގަކުރެވޭ:އެމްއެފްޑީއޭ

ތާޒާގެ ބައެއް ފެންފުޅި ފުސްވެފައި ހުރިކަން ފާހަގަވޭ، ފުޅިތައް ދަނީ ނަގަމުން: އެމްއެފްޑީއޭ

27 ޖުލައި 2016

އައިލެންޑް ބެވަރޭޖްސް މޯލްޑިވްސް (އައިބީއެމް) އިން އުފައްދާ "ތާޒާ" ފެނުގެ ބައެއް ފެންފުޅިތައް ފުސްވެފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި އެ ފުޅިތައް އައިބީއެމުން ނަގަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިލެންޑް ބެވަރޭޖްސް މޯލްޑިވްސް (އައިބީއެމް) އިން އުފައްދާ "ތާޒާ" ފެނުގެ ބައެއް ފެންފުޅިތައް ފުސްވެފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި އެ ފުޅިތައް އައިބީއެމުން ނަގަމުންދާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ތާޒާ ފެން ބަންދުކުރި ތާރީހާއި ބައެއް ފުޅިތަކުގެ ބެޗް ކޯޑު ވެސް ނުހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އެގޮތަށް ހުންނަކަން ފާހަގަކުރެވެނީ 1.5 ލީޓަރާއި 500 މިލިލީޓަރު އަދި 330 މިލިލީޓަރު ފުޅީގައި އެކަނި ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

"މިހާރު ބާޒާރުގައި ހުރި ފެން ފުޅިތަކުގެ ތެރެއިން ބެޗް ކޯޑާއި، އުފެއްދި ތާރީހް އެނގެން ނެތް އުފެއްދުންތަކާއި އަދި ފުސްވެފައި ހުރި ފުޅިތައް ނެގުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން،" އެމްއެފްޑީއޭގެ ބަޔާނުގައި ބުންޏެވެ.

މި މައްސަލަ ދިމާވެފައިވާ އުފެއްދުންތައް ނުވިއްކުމަށާއި ބޭނުން ނުކުރަން އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.