Roadha Mihaaru
ބޮޑު އަގުގައި ފެން ނުވިއްކުމަށް ސަރުކާރުން ގޮވާލައިފި

ބޮޑު އަގުގައި ފެން ނުވިއްކުމަށް ސަރުކާރުން ގޮވާލައިފި

09 މެއި 2017

މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން މާލެ އިން ބޯފެން ލިބުން ދަތިވުމާ ގުޅިގެން ފިހާރަތަކުން އާއްމުކޮށް ފެން ވިއްކާ އަގަށް ވުރެ ބޮޑުކޮށް ފެން ވިއްކަން ފަށާފައި ވަނިކޮށް، އެކަން އެ ގޮތަށް ނުކުރުމަށް ސަރުކާރުން ގޮވާލައިފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން މާލެ އިން ބޯފެން ލިބުން ދަތިވުމާ ގުޅިގެން ފިހާރަތަކުން އާއްމުކޮށް ފެން ވިއްކާ އަގަށް ވުރެ ބޮޑުކޮށް ފެން ވިއްކަން ފަށާފައި ވަނިކޮށް، އެކަން އެ ގޮތަށް ނުކުރުމަށް ސަރުކާރުން ގޮވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ފުޅިގައި ބަންދުކޮށްފައި ހުންނަ ފެން އަގު ބޮޑުކޮށްގެން ވިއްކާ ކަމުގެ ޝަކުވާ އަންނަނީ އެ މިނިސްްޓްރީ އަށް ލިބެމުންނެވެ.

ބައެއް ފިހާރަތަކުން ބުނި ގޮތުގައި، ފެން ވިއްކާ އަގު ބޮޑު ކުރީ، ޑިމާންޑު ބޮޑުވުމާ ގުޅިގެން، ބައެއް ކުންފުނިތަކުން ފިހާރަތަކަށް ފެން ގެންގޮސްދޭ އަގު ބޮޑު ކުރުމުންނެވެ. އެ ގޮތުން ބައެއް ފިހާރަތަކުން ކޭހަކުން ދިހަ ރުފިޔާ ވަނީ ބޮޑު ކޮށްފަ އެވެ.

މިދިޔަ މަހުން ފެށިގެން ފެން ލިބުން ދަތިވެފައިވަނީ، މާލޭގައި ފެން އުފައްދާ ބައެއް ކުންފުނިތަކުގެ ޕްލާންޓްތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފަ އެވެ. އަދި މިހާރު އެ ކުންފުނިތަކުން އަންނަނީ މައްސަލަތައް ހައްލުކޮށް ކުރިއެކޭ އެއްވަރަށް ފެން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.