Roadha Mihaaru
މައްސަލަ ޖެހުނު ތާޒާ ފެން ޓެސްޓް ކުރަނީ

މައްސަލަ ޖެހުނު ތާޒާ ފެން އެމްއެފްޑީއޭ އިން ޓެސްޓް ކުރަނީ

06 މާޗް 2017

މައްސަލަ ދިމާވި ތާޒާ ބްރޭންޑުގެ ދެ ބެޗުގެ ފެނުގެ ރައްކާތެރިކަން ބެލުމަށްޓަކައި ޓެސްޓްތައް ހަދަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މައްސަލަ ދިމާވި ތާޒާ ބްރޭންޑުގެ ދެ ބެޗުގެ ފެނުގެ ރައްކާތެރިކަން ބެލުމަށްޓަކައި ޓެސްޓްތައް ހަދަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.

އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފެން ފުޅީގައި އާއްމުކޮށް ހުންނަން ނުޖެހޭ ކަހަލެއް ވަހެއް ތާޒާގެ ފަސް ލީޓަރުގެ 1465 އަދި 1466 ބެޗުގެ ހުރުމުން އެކަމުގެ ރައްކާތެރިކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ.

މި ޓެސްޓްތައް ނިމުނުހާ އަވަހަކަށް އާއްމުންނަށް ހިއްސާ ކުރާނެ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.

ތާޒާ ކުންފުނީގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވީ މައްސަލަ ޖެހުނު ދެ ބެޗުގެ ފެން ފުޅިތައް ފިހާރަތަކުން ނަގާފައިވާނެ ކަމަށާއި އެ ބެޗުގެ ފެންފުޅި މިހާރު ވިއްކަން ނުހުންނާނެ ކަމަށެވެ.

"މާކެޓަށް ދޫކޮށްލިތަނާ ހެން ޝަކުވާ ލިބިއްޖެ އެ ފުޅިތަކުގައި ވަހުގެ އަސަރު ހުރުމުން،" އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މައްސަލަ ދިމާވި ދެ ބެޗުގެ ފެނުން ވެސް ސިއްހަތަށް ގެއްލުން ލިބޭނެ ފަދަ ކަމެއް ދިމަލެއް ނުވާނެ އެވެ. އަދި މައްސަލަ ދިމާވީ ފެނުގައި ވަހުގެ އަސަރެއް ހުރުމުން ކަމަށް އޮފިޝަލް ވިދާޅުވެފައިވެ އެވެ.