15 ޖޫން 2018
ފަލަސްތީނުގެ ރައްޔިތުން އެއްބައިވެ އެއް ސަފެއްގެ ގޮތުގައި ގުޅިގެން މެނުވީ، އިޒްރޭލުގެ އަޅުވެތިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތި ނުލެވޭނެ ކަމަށް، ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ރައްޔިތުން އެއްބައިވެ އެއް ސަފެއްގެ ގޮތުގައި ގުޅިގެން މެނުވީ، އިޒްރޭލުގެ އަޅުވެތިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތި ނުލެވޭނެ ކަމަށް، ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވިދާޅުވެއްޖެ އެވެ.
އެހެންކަމުން، ފަލަސްތީނުގެ ސިޔާސީ ހުރިހާ ޖަމާއަތްތައް ބައިވެރިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް، އޭނާ މިއަދު ވަނީ ގޮވައިލައްވައިފަ އެވެ. މުޅި އިސްލާމީ ދުނިޔޭގައި މިއަދު ފާހަގަ ކުރި ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި ހަނިއްޔާ ވިދާޅުވީ ގުދުސްގެ މައްސަލަ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އަވަސް އިންތިޚާބެއް ބާއްވައި އެއްބައިވަންތަ ކަމުގެ ސަރުކާރެއް ގާއިމުކުރަންޖެހޭ ކަމަށެވެ.
ހަނިއްޔާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ ޖަލުތަކުގައި، ކުށަކާ ނުލައި ހައްޔަރު ކޮށްފައި ތިބި ފަލަސްތީނު މީހުން މިނިވަންކުރުމަށްޓަކައި އިޒްރޭލާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް ހުއްޓުމެއް ނާންނާނެ އެވެ. އަދި އިޒްރޭލުގެ އުދުވާނާ ދެކޮޅު ހަރަކާތްތަކުގެ އެންމެ ބޮޑު އަމާޒަކީ ވެސް އެމީހުން މިނިވަން ކުރުން ކަމަށާއި، ގައިދީންގެ މަތިން ދުވަހަކު ވެސް ހަނދާން ނައްތައިނުލާނެ ކަމަށް ހަނިއްޔާ ވިދާޅުވި އެވެ.
ގާޒާގައި އިޒްރޭލުން ހިންގަމުންދާ އުދުވާންތައް ކުށްވެރިކޮށް މިދިޔަ ހަފުތާގައި އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް އިޝާރާތް ކުރައްވައި ހަނިއްޔާ ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެގަރާރުގައި ގޮވާލާފައި އޮތުމުން ވެސް، ބައިނަލްއަގުވާމީ މުޖްތަމައުގައި އިޒްރޭލު ބާކީވެ އެކަހެރިވެފައިވާ މިންވަރު ވަޒަންކުރެވެ އެވެ.
މިދިޔަ ބުދަ ދުވަހު، އިޒްރޭލު ކުށްވެރިކޮށް އދ. އިން ގަރާރު ފާސްކުރީ 120 ގައުމުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އިޒްރޭލުގެ ދިފާއުގައި ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެމެރިކާ އާއި އިޒްރޭލާ އެކު ޖުމްލަ އަށް ގައުމެވެ. އަލްޖީރިއާ އާއި ތުރުކީ ވިލާތް އަދި ފަލަސްތީނުން ހުށަހެޅި އެ ގަރާރު އާންމު މަޖިލީހަށް ހުށަހެޅީ، ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން އެމެރިކާ އިން އެ ގަރާރު ވީޓޯ ކުރުމުންނެވެ.
ހަނިއްޔާ ވިދާޅުވީ ފަލަސްތީނުން ފައްސާލާފައިވާ އެ ގައުމުގެ ރައްޔިތުން އެނބުރި ގައުމަށް ގެނައުމުގެ މަގު ފަހިކޮށްދިނުމަށް ގޮވާލައި މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ މުޒާހަރާތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އިޒްރޭލުގެ އުދުވާންގައި ފަލަސްތީނުން ނެރެ ފައްސާލާފައިވާ ފަލަސްތީނު ރައްޔިތުންގެ ވާހަކަތައް ބައިނަލް އަގުވާމީ މުޖްތަމައުގައި މިއަދު ދައްކަނީ އެ މުޒާހަރާތަކުގެ ސަބަބުން ކަމަށް ވެސް ހަނިއްޔާ ވިދާޅުވި އެވެ.
ހަނިއްޔާ އަވަހާރަކޮށްލީ ކުރުރާސްތާ މިސައިލަކުން: އީރާން
ހަނިއްޔާގެ މަރާ ގުޅިގެން އިޒްރޭލުގެ ނުސީދާ ޖަވާބެއް
ހަނިއްޔާ އަވަހާރަކޮށްލީ މާކުރިން ހަރުކުރި ބޮމަކުން
ހަނިއްޔާ ފަސްދާނުލުން ހުކުރު ދުވަހު ގަތަރުގައި
ހަމާސްގެ ލީޑަރުގެ ތިން ދަރިން އަވަހާރަކޮށްލައިފި
ހަމާސްގެ ލީޑަރުގެ އަންހެން ކޮއްކޮ ހައްޔަރުކޮށްފި
ހަމާސްއިން ބޭނުމީ ދާއިމީކޮށް ހަމަލާތައް ހުއްޓުވުން
އިޒްރޭލުން ގާޒާއަށް ހަމަލާދީ 13 މީހުން ޝަހީދުކޮށްފި
އިނގިރޭސި ސަރުކާރުގެ ނިންމުމަށް ހަމާސް ރައްދު ދޭނެ
ހަމާސް އާއި އިޒްރޭލު ސުލްހަކުރުން ގަތަރުން ހުއްޓާލައިފި