Roadha Mihaaru
ފައިސަލް ނަސީމްގެ ޕާސްޕޯޓު ވެސް ދޫކޮށްލައިފި

ފައިސަލް ނަސީމްގެ ޕާސްޕޯޓު ވެސް ދޫކޮށްލައިފި

18 ޖޫން 2018

ރައްޔިތުންގެ މަޖިލީގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށް ފަހު، ދޫކޮށްލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށް ފަހު، ދޫކޮށްލައިފި އެވެ.

ފައިސަލްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޕާސްޕޯޓް ވެސް ކްރިމިނަލް ކޯޓުން ހިފަހައްޓާފައި އޮތުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

މި ތިން ބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓީ، މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.

ފައިސަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާގެ ޕާސްޕޯޓު ދޫކޮށްލިތާ ހަފްތާއެއްހާ ދުވަސް ވެދާނެ އެވެ. އޭނާގެ ޕާސްޕޯޓު ދޫކޮށްލީ، ފުލުހުން ބަލަމުން އަންނަ މައްސަލަ ފައިލް ކުރުމުން ކަމަށް ވިދާޅުވި އެވެ.

ފައިސަލްގެ ޕާސްޕޯޓު ހިފެހެއްޓީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި މަގުތަކަށް މީހުން ނިކުމެ އިހްތިޖާޖު ކުރުމަށް ގޮވާލައި، ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ފައިސަލްގެ ޕާސްޕޯޓު ހިފެހެއްޓުމުން، މިދިޔަ މެއި މަހުގެ ތެރޭގައި އޭނާގެ އޯޓިޒަމް ހުންނަ 13 އަހަރުގެ ފިރިހެން ދަރިފުޅުގެ އޮޕަރޭޝަނަކަށް އިންޑިއާ އަށް ފުރައިވަޑައިގެންނެވޭ ގޮތް ނުވި އެވެ. އަދި ފައިސަލްގެ ލޮލުގައި އިންފެކްޝަނެއް އުފެދިގެން ރާއްޖެ އިން ބޭރަށް ފަރުވާ ހޯއްދަވަން ވަޑައިނުގެންނެވުނެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ގޮވައިލި މައްސަލައިގައިި ތިން ބޭފުޅުންގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެތަނުން ވަނީ މި މައްސަލާގައި އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ނުކުރުމަށެވެ.