21 ޖޫން 2018
މުޖުތަމައުގައި ހުރި މައްސަލަތައް ދައްކުވައިދޭ ގޮތަށް ކުރު ފިލްމު ހަދަން ދަސްކޮށްދޭ "ފިލްމް ފޯ ޗޭންޖް" ޕްރޮގްރާމް 21 ބައިވެރިންނާއެކު މިއަދު ފަށައިފި އެވެ.
މުޖުތަމައުގައި ހުރި މައްސަލަތައް ދައްކުވައިދޭ ގޮތަށް ކުރު ފިލްމު ހަދަން ދަސްކޮށްދޭ "ފިލްމް ފޯ ޗޭންޖް" ޕްރޮގްރާމް 21 ބައިވެރިންނާއެކު މިއަދު ފަށައިފި އެވެ.
މުވާސަލާތީ ކުންފުނި ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ޑޮކިއުމަންޓްރީ ސްޓައިލްގެ ކުރު ފިލްމު، ވީހާ ވެސް މަދު އާލަތްތައް ބޭނުންކޮށްގެން ހަދަން ދަސްކޮށްދޭނެވެ.
ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ފިލްމް ފޯ ޗޭންޖު ޕްރޮގްރާމުގެ ބައެއް ބައިވެރިން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
މިއީ ޒުވާނުންނަށް ހާއްސަކޮށްގެން މި ޕްރޮގްރާމް ކުރިއަށްގެންދާ ދެ ވަނަ ފަހަރެވެ.
ޔޫއެންޑީޕީގެ އޮފިޝަލަކު ވިދާޅުވީ، މިދިޔަ އަހަރުގެ ޕްރޮގްރާމަށް ވެސް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ. އެ ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ހެދި ކުރު ފިލްމުތައް، ފިލްމް ފެސްޓިވަލަކަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހަފުތާއެއްގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމުގައި ކިޔަވައިދޭނީ އެކަމުގެ ތަޖުރިބާކާރުންނެވެ. އެހެންވެ އެކަމަށް ޝައުގުވެރިވާ ޒުވާނުންނަށް ވެސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ފިލްމް ފޯ ޗޭންޖު ޕްރޮގްރާމުގައި ކިޔަވައިދޭ ދެ ބޭފުޅުން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
"ފިލްމް ފޯ ޗޭންޖް" ގައި ހިމެނޭނީ ދެ ބައެކެވެ. އެއީ ދާއިރާގެ ތަޖުރިބާކާރުންނާ އެކު ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމުގެ އިތުރުން، ބައިވެރިން ފިލްމު ހެދުމުގެ ބައެވެ. ބައިވެރިން ގްރޫޕުތަކަށް ބަހާލައިގެން، ކޮންމެ ގްރޫޕަކުން ކުރު ފިލްމެއް ހަދާނެ އެވެ. އެ ފިލްމުތައް ހަދާނީ ޔޫއެންޑީޕީން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތީމްތަކަށެވެ.
މިދިޔަ އަހަރު ބޭއްވި "ފިލްމް ފޯ ޗޭންޖު"ގެ ބައިވެރިންތަކެއް ތައްޔާރުކޮށްފައިވާ ވީޑިއޯއެއް.
ރަނގަޅު ތައުލީމެއްގެ މުހިއްމުކަން ކުރު ފިލްމަކުން
ޑިޖިޓަލް މީޑިއާގައި ކެމްޕެއިން ކުރާނެ ޒުވާނުން ހޯދަނީ
ވިލުނޫ: ކަނޑާ ގުޅޭ މުހިއްމު މެސެޖެއް
މިންތީގެ ހަމަހަމަކަން "ބިލާހު"ން
"ފިލްމް ފޯ ޗޭންޖް"ގެ ކުރު ފިލްމުތައް ދައްކާލައިފި
ޑްރޯން ޓެކްނޮލޮޖީގެ ޕްރޮގްރާމް ނިންމާލައިފި
އެކަނިވެރިވެ ޒުވާން އުމުރު ގުރައިދޫ މަރުކަޒުގައި!
ލޯފަން ފަސް ޒުވާނުންނާ އެކު ހަފްސީ ކުރި ދަތުރު
"ފިލްމު ފޮ ޗޭންޖް-ކްލައިމެޓް އެޑިޝަން"އިފުތިތާހުކޮށްފި
ދިރާގުގެ 12 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި