Roadha Mihaaru
"ފިލްމް ފޯ ޗޭންޖް"ގެ ކުރު ފިލްމުތައް ދައްކާލައިފި

"ފިލްމް ފޯ ޗޭންޖް"ގެ ކުރު ފިލްމުތައް ދައްކާލައިފި

02 އޯގަސްޓް 2018

މުޖުތަމައުގައި ހުރި މައްސަލަތައް ދައްކުވައިދޭ ކުރު ފިލްމުތަކެއް ހަދަން ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ޒުވާނުންނަށް ހިންގާ "ފިލްމް ފޯ ޗޭންޖް" ޕްރޮގްރާމްގައި އުފެއްދި ކުރު ފިލްމުތައް އާންމުންނަށް މިއަދު ދައްކާލައިފި އެވެ.

ނަސްވާ ހަސަން ނަސްވާ ހަސަން

މުޖުތަމައުގައި ހުރި މައްސަލަތައް ދައްކުވައިދޭ ކުރު ފިލްމުތަކެއް ހަދަން ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ޒުވާނުންނަށް ހިންގާ "ފިލްމް ފޯ ޗޭންޖް" ޕްރޮގްރާމްގައި އުފެއްދި ކުރު ފިލްމުތައް އާންމުންނަށް މިއަދު ދައްކާލައިފި އެވެ.

ޝްވެކް ސިނަމާގައި ދެއްކި ފިލްމުތަކުގެ ތެރޭގައި، މުޖުތަމައުގައި ހުރި މައްސަލަތަކާއި އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި އިބްރަތް ހާސިލުވާ ފަދަ ފިލްމުތައް ހިމެނެ އެވެ.

ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް ރަޝީދު ވިދާޅުވީ، މި ޕްރޮގުރާމުގެ ތެރެއިން ޒުވާނުންނަށް އައު ކަންތަކެއް ދަސްވެގެންދާނެ ކަމަށެވެ. އަދި މުޖުތަމައުގައި ހުރި މައްސަލަތަކާ މެދު ވާހަކަ ދެކެވި، އެފަދަ މައްސަލަތައް ހައްލުކުރަން، ފިލްމުތަކުގެ ސަބަބުން ބާރު ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"ފިލްމް ފޯ ޗޭންޖް" ގެ ބައިވެރިއަކަށް އިނާމު ހަވާލުކުރަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ފިލްމް ފޯ ޗޭންޖް" ގެ ބައިވެރިއަކަށް އިނާމު ހަވާލުކުރަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ފިލްމް ފޯ ޗޭންޖް"ގެ ނަމުގައި ޒުވާނުންނަށް ޓްރެއިނިންތައް ކުރިއަށް ގެންދިޔަ، މިއީ ދެވަނަ އަހަރެވެ.

މިއަހަރު ހަތަރު ފިލްމެއް ތައްޔާރުކޮށްފައިވެ އެވެ. އެއީ؛ ނަމަ، ކުޑަ، ބިލާހް އަދި ވިލުނޫ އެވެ. މިއިން ކޮންމެ ފިލްމަކުން ވެސް މުޖުތަމައުއާ ގުޅުން ހުރި މުހިންމު މެސެޖުތައް ދީފައިވެ އެވެ. އެގޮތުން "ނަމަ" ފިލްމުގައި ފެނިގެންދަނީ އަންހެން ކުއްޖަކަށް އާއިލާގެ އަޅާލުން ނުލިބި ގޯސްމަގު ހިޔާރުކުުރާތަނެވެ. އަދި އަޅާލުން ލިބުނު ނަމަ ކަންތައް ދިމާވެދާނެ ގޮތް ދައްކުވައި ދެއެވެ.

"ބިލާހް" ގައި ފެނިގެން ދަނީ މުޖުތަމައުގައި ދިމާވާ މައްސަލަތަކެވެ. އޭގެ ތެރޭގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ތަފާތު ކުރުމާއި އަންހެނުންނަށް އަނިޔާކުރުންފަދަ މައްސަލަތަކާއި އެކަންތައް ބަދަލުކުރެވޭނެ ގޮތުގެ މެސެޖު ދެ އެވެ. "ކުޑަ" އިން ފެނިގެންދަނީ ތިމާވެށި ހަލާކުވެގެންދަނީ އިންސާނުންގެ އަމަލުތަކަކުން ކަމެވެ. "ވިލުނޫ" ގައި މޫދު އަޑީގެ ރީތި މަންޒަރުތަކާއެކު، އަންނަށް އޮތް ޖީލުތަކަށް ނަމޫނާއަކަށްވެ، އެކުދިންނަށް އެކަން ދަސްކޮށްދޭންޖެހޭ ކަން ދައްކުވައި ދެއެވެ.