21 ޖޫން 2018
ނިއު ރޭޑިއަންޓުން މުސާރަ ދީފައިނުވާ ކަމަށް ބުނެ އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހުށަހެޅި މައްސަލަ ބެލުމަށް ފަހު އޭނާގެ ކޮންޓްރެކްޓް އުވާލީ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
ނިއު ރޭޑިއަންޓުން މުސާރަ ދީފައިނުވާ ކަމަށް ބުނެ އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހުށަހެޅި މައްސަލަ ބެލުމަށް ފަހު އޭނާގެ ކޮންޓްރެކްޓް އުވާލީ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
ނިއު އިން މިއަދު ހަވީރު ބުނީ ދަގަނޑޭ އެ ކްލަބުން ވަކިވެފައިވާ ކަމަށާއި އެގޮތަށް ނިންމީ ދެ ފަރާތުން އެއްބަސްވެގެން ކަމަށެވެ. އެހެންވެ އޭރު ބެލެވިފައި އޮތީ، މުސާރަ ނުދޭތީ ކޮންޓްރެކްޓް އުވާލައިދޭން ދަގަނޑޭ އެފްއޭއެމްގައި އެދިފައިވާތީ ދެ ފަރާތުން އެއްބަސްވެގެން ކޮންޓްރެކްޓް އުވާލީ ކަމަށެވެ.
އެކަމަކު އޭގެ ފަހުން އެފްއޭއެމުން ނެރުނު ބަޔާނުގައި ވަނީ ތަފްސީލް ދީފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ދަގަނޑޭ އާއި ނިއު އިން މި އަހަރުގެ ސީޒަނަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް ނިއު އިން މުސާރަ ދީފައިނުވާ ކަމަށް ބުނެ ދަގަނޑޭ ހުށަހަޅާފައިވާ ބެލުމަށް ފަހު، ނިއު އާއި ދަގަނޑޭއާ މެދު ވެފައިވާ އެއްބަސްވުން އެ އެސޯސިއޭޝަނުގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އުވާލާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމުމުގައި ނިއު އާއި ދަގަނޑޭއާ ވެފައިވާ އެއްބަސްވުމާއި ދަގަނޑޭ އެ އެފްއޭއެމަށް ހުށަހަޅާފައިވާ ސިޓީ އާއި ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާގެ ބަޔާނާއި ދަގަނޑޭގެ ބަޔާނަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.
"އަލީ އަލީ އަޝްފާގް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކޮށްދެއްވާފައިވާ ހިދުމަތުގެ އަގަށްވާ ފައިސާ ކަމަށް ކޮމިޓީން ކަނޑައަޅާފައިވާ ފައިސާ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އަލީ އަޝްފާގަށް ދިނުމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެންގުމަށް ވެސް ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ވަނީ ނިންމަވާފަ އެވެ،" އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދަގަނޑޭ މި މައްސަލަ އެފްއޭއެމް އަށް ހުށަހެޅީ އަންގާރަ ދުވަހު އެވެ. އެ ދުވަހު ނިއުގެ ޖެނެރަލް ސެކްރެޓަރީ ނިޔާޒް ވިދާޅުވީ މުސާރަ ދިނުމުގައި ލަސްވުންތަކެއް އުޅޭ ކަމަށާއި އެކަމަކު އެ މައްސަލަ ވާހަކަދައްކައިގެން ހައްލުކުރެވޭނެ ކަމަށެވެ.
"މިދިޔަ އަހަރު ވެސް ދޭން ޖެހޭ ފައިސާތަކެއް ނުދެވި ލަސްވި. އެކަމަކު އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން އެ ފައިސާ ދައްކައި ހަލާސްކުރިން. މި އަހަރު ވެސް ދަގަނޑޭގެ އިތުރުން ސެންޓޭ (އަލީ ފާސިރު) އަދި އިމްރާންގެ ވެސް ޑިލޭތަކެއް އެބައުޅޭ،" ޓެޑް ވިދާޅުވި އެވެ.
ދަގަނޑޭ ދެން ބަދަލުވާނެ ކަމަށް ބެލެވެނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ. އެ ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ދަގަނޑޭ އަށް ކޮންމެ ކްލަބަކުން ވެސް ޝައުގުވެރިވާނެ ކަމަށް ބުނެ އެފަދަ އިޝާރާތެއް ދީފަ އެވެ.
އެ މައްސަލަ އަންގާރަ ދުވަހު އެފްއޭއެމް އަށް ލީ ނަމަވެސް އެރޭ ދަގަނޑޭ ވަނީ އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ. ފަހު ހާފުގައި އަރައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނުއިރު އެ މެޗަށް ފަހު މާލޭ ލީގުގެ އައްޑަނަ ވެސް އުފުލާލި އެވެ.
ދަގަނޑޭ ނިއުއާ ތިން ވަނަ ފަހަރަށް ގުޅުނީ މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގާ ހަމައިންނެވެ. މިދިޔަ އަހަރުގެ ލީގާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު މިއު ކާމިޔާބުކުރުމުގައި ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ.
ކްލަބް ވެލެންސިއާ އިން 2001 ގައި ކެރިއަރު ފަށައި އެ ކްލަބަށް ހަތަރު އަހަރު ކުޅުމަށް ފަހު ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ގަ އެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ. އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު އެނބުރި ނިއުއާ ގުޅުނީ 2012 ވަނަ އަހަރެވެ. އެ އަހަރު މެޗަކުން ބަލިނުވެ ދިވެހި ލީގު ކާމިޔާބުކޮށް އަދި ޕްރެޒިޑެންޓްސް ކަޕް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ.
ޖެހިގެން އައި 2013 ވަނަ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނެވެ. އެ ފަހަރު ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ ވަނީ 50 އަށް ވުރެ ގިނަ ގޯލް ޖަހައި ރެކޯޑް ހަދައިފަ އެވެ. އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ނިއު ގެންގޮސްދިނެވެ.
ނިއު އިން ދަގަނޑޭ އަށް އޮފާކޮށް، އިންތިޒާރުގައި
ނިއުގެ ފައިސާއިން ބައެއް އިމްރާނާއި ދަގަނޑޭ ކުޑަކޮށްފި
އޭއެފްސީ ކަޕް މޮޅު ފޯވާޑުންގެ ތެރޭގައި ދަގަނޑޭ!
ފައިނަލުގައި ދަގަނޑޭ އަށް ވޯޓުލުން ފޯރީގައި ކުރިއަށް
ދަގަނޑޭ ފައިނަލަށް، ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!
ދަގަނޑޭ ދުނިޔޭގެ ލަނޑު ލިސްޓުގެ ހަ ވަނައިގައި!
އެންމެ މަގުބޫލު ސޯލޯ ގޯލަކީ ދަގަނޑޭގެ ލަނޑު!
މިހާރު އެވޯޑްސް: ދަގަނޑޭ "ރަންބޫޓު" ކަށަވަރުކޮށްފި
ދަގަނޑޭ ޓީސީ އަށް ސޮއިކޮށްފި
އެފްއޭއެމަށް ދިޔައީ އިތުރު ގޮތެއް ނެތިގެން: ދަގަނޑޭ