23 ޖޫން 2018
މިހާރު ވެސް ތިން ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮޮށްފި އެވެ.
މިހާރު ވެސް ތިން ފިލްމެއްގައި މަސައްކަތް ކުރަމުން އަންނަ ބަތަލާ ޕަރިނީތީ ޗޯޕްޅާ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮޮށްފި އެވެ.
ފިލްމްފެއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަރިނީތީ ސޮއިކުރި ފިލްމަކީ ސިދާތު މަލްއުތުރާ ލީޑް ރޯލް ކުޅޭ "ޝޮޓްގަން ޝާދީ" އެވެ. މި ފިލްމަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޕްރަޝާންތު ސިންގް ޑައިރެކްޓް ކުރާ ފިލްމެކެވެ.
ޕަރިނީތީ އާއި ސިދާތު މީގެ ކުރިން ވެސް ވަނީ އެކުގައި ފިލްމެއް ކުޅެފަ އެވެ. އެއީ 2014 ގެ "ހަސީ ތޯ ޕަސީ" އެވެ.
އެ ދެ ތަރިންގެ ޖޯޑު އަލުން ސްކްރީނުން ބަލައިލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބިގެންދާ އިރު، ޕަރިނީތީ ވަނީ މި ފަހުން ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސް ލޫޅާފަތިވެފަ އެވެ. ބޮލީވުޑަށް އޭނާ ނިކުތް އިރު ފަލަކަމުން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް އަމާޒުވި އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ގޯލްމާލް އެގެއިން" ގައި މުހިއްމު ރޯލެއް ކުޅުނު ޕަރިނީތީގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި އަރްޖުން ކަޕޫރާ އެކު ކުޅޭ "ނަމަސްތޭ އިންގްލެންޑް" އާއި ސަންދީޕް އޯރް ޕިންކީ ފަރާރް" ގެ އިތުރުން އަކްޝޭ ކުމާރާ އެކު ކުޅޭ "ކެސަރީ" އަށް އޭނާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
"ޝޮޓްގަން ޝާދީ" ގެ ވެސް ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި ފިލްމްގެ ބަތަލާގެ ރޯލަށް ޕަރިނީތީ ހަމަޖެއްސުމުގެ ކުރިން އެ ރޯލް ޝްރަދާ ކަޕޫރާއި ފާތިމާ ސަނާ ޝެއިހަށް ވެސް ހުށަހެޅި ކަމަށްވެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އޭކް ވިލަން" ގެ ސީކްއެލް އަންނަ އަހަރު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް