ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ކައުންސިލް މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށް ނިންމައި އެ ޕާޓީގެ އަސާސީ ގަވައިދަށް މިއަދު ބަދަލު ގެނެސްފި އެވެ.
22 ޖޫން 2018
ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ކައުންސިލް މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށް ނިންމައި އެ ޕާޓީގެ އަސާސީ ގަވައިދަށް މިއަދު ބަދަލު ގެނެސްފި އެވެ.
އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކުރިން އޮންނަ ގޮތުން، ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރެވެ. އެއީ، އެ މަގާމު ފުރުއްވަމުން ގެންދަވާ ގާސިމް އިބްރާހީމެވެ.
އެކަމަކު ގާސިމް އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ވަނީ ބަންދުވެފަ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް އުފުލި ދައުވާގައި އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމުގެ އިތުރުން 65 އަހަރުވެފައިވާ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހާ ހެދި އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިރޭ ކުރިއަށް ގެންދާ ޖޭޕީގެ ތިން ވަނަ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ ބަދަލުގައި ބުނެފައި ވަނީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް ކައުންސިލުން ނިންމުމުން ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށެވެ.
ޖޭޕީ ކޮންގްރެސްގައި އެޕާޓީގެ ސެކެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ޕްރައިމަރީގައި ކެންޑިޑޭޓު ހޮވާނީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
އެއާއެކު ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓަކު ކަނޑައެޅުމުގެ ބާރު ވެސް ދިނީ، ޕާޓީގެ ލީޑަރުގެ ލަފާގެ މަތިން ކައުންސިލަށެވެ.
އަސާސީ ގަވާއިދަށް ގެނައި ބަދަލުގައިވާ ގޮތުން، ޖުމްހޫރީ ޕާޓީން އެހެން ޕާޓީއަކާ އެކު ކޯލިޝަން ހަދަން ނިންމައިފި ނަމަ އެ ޕާޓީން ކެންޑިޑޭޓަކު ނުނެރުމަށް އެ އިސްލާހުން ހުރަހެއް ނެތެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށް ގެންދާ ޖޭޕީގެ ކޮންގްރެސްގެ މިއަދުގެ ސެޝަންގައި ބައެއް މަންދޫބުން ބައިވެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ޖޭޕީން މިރޭ އެގޮތަށް ނިންމާފައިވާއިރު އަންނަ މަހުގެ 10 ގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު އިދިކޮޅު ކޯލިޝަނަށް ކަނޑަ ނޭޅިއްޖެނަމަ އެ ޕާޓީން ވަކި ކެންޑިޑޭޓަކު ނެރުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ކޮންގްރެސްގައި ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމް އުފެއްދުމާއި ޕާޓީގެ ލީޑަރު ނެތް ހާލަތެއްގައި އެ ޕާޓީގެ އެންމެ ބޭފުޅަކީ ކައުންސިލުން ކަނޑައަޅާ ނައިބް ލީޑަރު ކަމަށް ހަމަޖެއްސުން ހިމެނެ އެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީން ވަނީ ރާއްޖޭގައި ހިންގާ ކޮންމެ މިނިސްޓްރީއަކަށް އެ ޕާޓީގައި ކޮމެޓީއެއް އުފެއްދުމަށް ނިންމައިފަ އެވެ. ހަތް މެމްބަރުން ހިމެނޭ އެ ކޮމެޓީތަކުގެ ޒިންމާއަކަށް ވާނީ މިނިސްޓްރީތަކަށް ފާރަވެރިވުމެވެ.
ހަމަ އެހެންމެ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަން ލިބޭ ކޮންމެ ބޭފުޅަކީ އެ ޕާޓީގެ ކައުންސިލް މެމްބަރެއް ކަމަށް ހަމަޖައްސަން ވެސް ވަނީ ނިންމައިފަ އެވެ.
ނައިބަކަށް ކުރިމަތިލީ އަންހެނުން ބާރުވެރިކުރަން: ނަހުލާ
ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވައިފި
ޖޭޕީގެ ކޮންގްރެސްގައި ދޮހޮއްކޮގެ ލަވައިން ދިން މެސެޖް!
ޖޭޕީގެ ރައީސަކަށް އަލީ ވަހީދު އިންތިޚާބުކޮށްފި
ޖޭޕީގެ ހަތަރު ނައިބު ލީޑަރުން އިންތިޚާބުކޮށްފި
ގާސިމްގެ އަނބިކަނބަލުން އައިޝާ ޖޭޕީގެ ކައުންސިލަށް
ޖޭޕީގެ ރައީސް ކަން އަލީ ވަހީދަށް ދޭން ދެކޮޅުހަދަނީ
ޖޭޕީގެ ކޮންގްރެސްގެ ނުރަސްމީ ބައްދަލުވުންތައް ފަށައިފި
ފައިސަލް ޖުމްހޫރީ ޕާޓީއާ ދުރުގައި! ކީއްވެ؟
ނަހުލާއާއެކު ޖޭޕީ އަށް އާ 5 ޑެޕިއުޓީ ލީޑަރުން