ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް އަންނަ މަހު ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
28 ޖޫން 2018
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް އަންނަ މަހު ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ އައްޑޫ އެކްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބުހަރީ) ވިދާޅުވީ އަންނަ މަހުގެ 26 ގެ ކުރިން ފްލެޓްތައް ހަވާލު ކުރަން އަމާޒު ހިފާފައިވާ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން، ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން އައްޑޫގައި ވަނީ ޖުމްލަ 312 ފްލެޓް އިމާރާތް ކޮށްފަ އެވެ. މީގެ ތެރެއިން 264 ފްލެޓް ހުރީ ހިތަދޫގަ އެވެ. ބާކީ 48 ފްލެޓް އިމާރާތް ކުރީ ހުޅުމީދޫގަ އެވެ.
މި ފްލެޓްތަކުގެ މަސައްކަތް ނިމިފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ ޖޫން 2016 ގަ އެވެ. އެގޮތުން، ހިތަދޫގެ ފްލެޓްތަކަށް 585 މީހަކު ކުރިމަތިލާފައިވެ އެވެ. ނަމަވެސް ހުޅުމީދޫ ފްލެޓްތަކަށް ތަކުރާރުކޮށް އިއުލާން ކޮށްގެން ވެސް މިހާތަނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައެއް ނުވެ އެވެ.
RYameen ge sarukaarun S.Hithadhoo gai binaa koffaivaa housing units thah:mi units thakuge haqquverinnaa units thah miaharu havaalu kureveyne pic.twitter.com/V1Nda1rXdz
— Dr.Mohamed Muizzu (@MMuizzu) July 29, 2017
ހައުސިން މިނިސްޓަރުގެ މިދިޔަ އަހަރުގެ ޓްވީޓެއް.
ޒުހެއިރު ވިދާޅުވީ ހިތަދޫ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ އިވެލުއޭޝަން ވެސް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.
"މިހާރު ދެން ލިސްޓް އިއުލާން ކޮށްލީމާ ހަމަ ނިމުނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަންނަ މަހުގެ 26 ކުރިން ފްލެޓްތައް ހަވާލު ކުރަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ލިސްޓް އިއުލާންކޮށް، އަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތަށް ނެގި ގޯތިތައް އަލުން ހަވާލު ކުރަން މިއަދު ހަވީރު ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވި ގޮތުގައި ފްލެޓްތައް ހަވާލު ނުކުރެވި ލަސްވީ، އެ ތަންތަނަށް ކަރަންޓާއި ފެނާއި ނަރުދަމާ ގުޅުމުގެ މަސައްކަތް ކުރިއަށް ދާތީ އެވެ.
ހުޅުމީދޫ ފްލެޓްތައް: އެ އަވަށުގައި 48 ފްލެޓް އިމާރާތްކޮށްފައިވޭ.
"އެކަމަކު އެ މަސައްކަތް ނިމުމުގެ އެންމެ ފަހު މަރުހަލާގައި މިހާރު މިއޮތީ. އެހެންވީމާ ފްލެޓްތައް ހަވާލު ކުރަން ދެން މާ ލަހެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
މި ފްލެޓްތަކަށް މަހަކު ދައްކަން ޖެހެނީ 3،000ރ. އެވެ. އެއީ 25 އަހަރުގެ ތެރޭގައި ފްލެޓްގެ އަގު ދައްކައި ހަލާސް ކުރެވޭ ގޮތަށެވެ.
ނަޝީދުގެ ސަރުކާރުން ފޭދޫގައި ވެސް 25 ހައުސިން ޔުނިޓް އަޅާފައިވެ އެވެ. އަދި އެ ތަންތަނުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.
އައްޑޫން ދޫކުރާ ވިޔަފާރި ބިންތަކަށް ހުޅުވާލައިފި
އަންނަ ހަފްތާ އައްޑޫ ގޯތިތައް ދޭން ފަށަނީ
ބްރިޖާއި 6،000 އެނދާ އެކު މުއިއްޒުގެ ވައުދު
އައްޑޫން އިތުރު 41 ފްލެޓަކަށް ފުރުސަތު ހުޅުވާލައިފި
އައްޑޫގެ ފްލެޓްތަކުގެ މަރާމާތު ފައިސާ ހަވާލު ކުރަނީ
އައްޑޫގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި
އައްޑޫ ފްލެޓްތައް މި މަހު ހަވާލުކުރަނީ
ހުޅުދޫ ފްލެޓްތަކުގެ ޕޮއިންޓް ލިސްޓް އާންމުކޮށްފި
އައްޑޫ ހޮސްޕިޓަލް ނިމިއްޖެ، މަދުވަނީ ސާމާނު: މުއިއްޒު
އައްޑޫ މީހުން އަތުން ނެގި ބިންތައް އަލުން ދޭން ފަށަނީ