04 ޖުލައި 2018
ރާއްޖޭގެ އިގުތިސޯދު ކުރައަރައި ބޮޑެތި ބަދަލުތަކެއް އަންނައިރު ގައުމީ ފެންވަރުގައި ވެސް އަދި ކުންފުނިތަކާއި ވިޔަފާރިތަކުން ވެސް އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ކުރާ މާލީ މުއާމަލާތްތައް އެންމެ ފައިދާ ހުރި އަދި އެންމެ އެދެވޭ ގޮތުގައި ކުރުމާއި ފައިސާއަށް ވާނުވާ ބެލުމެވެ. މި މަސައްކަތްތައް އޮފީސްތަކާއި ކުންފުނިތަކުގައި ފުރިހަމައަށް ކުރަން ގިނަ ބަޔަކަށް ތަޢުލީމާއި ތަމްރީނާއި ހުނަރު ލިބިދޭން ޖެހެ އެވެ. މިކަން ކޮށްދިނުމަށް ވިލާ ކޮލެޖު އޮތީ ތައްޔާރަށެވެ.
ރާއްޖޭގެ އިގުތިސޯދު ކުރައަރައި ބޮޑެތި ބަދަލުތަކެއް އަންނައިރު ގައުމީ ފެންވަރުގައި ވެސް އަދި ކުންފުނިތަކާއި ވިޔަފާރިތަކުން ވެސް އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ކުރާ މާލީ މުއާމަލާތްތައް އެންމެ ފައިދާ ހުރި އަދި އެންމެ އެދެވޭ ގޮތުގައި ކުރުމާއި ފައިސާއަށް ވާނުވާ ބެލުމެވެ. މި މަސައްކަތްތައް އޮފީސްތަކާއި ކުންފުނިތަކުގައި ފުރިހަމައަށް ކުރަން ގިނަ ބަޔަކަށް ތަޢުލީމާއި ތަމްރީނާއި ހުނަރު ލިބިދޭން ޖެހެ އެވެ. މިކަން ކޮށްދިނުމަށް ވިލާ ކޮލެޖު އޮތީ ތައްޔާރަށެވެ.
ވިލާ ކޮލެޖުން ހިންގާ އެސޯސިއޭޝަން އޮފް ސަޓިފައިޑް ޗާޓަޑް އެކައުންޓަންޓްސް (އޭސީސީއޭ) އާއި އެކައުންޓިން އެންޑް ފައިނޭންސް ޑިގްރީ ޕްރޮގްރާމަކީ މާލީ ހިސާބުކުރަން ދަސްކުރުމާއި، މެނޭޖްކުރުމާއި ބެލެހެއްޓުމަށް އެކައުންޓިން އާއި އޮޑިޓިން ދާއިރާއިން މީހުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމްތަކެވެ. މި ޕްރޮގްރާމްތަކުގައި ކިޔަވައިދެނީ އެކަމަށް އެންމެ ގާބިލް، ތަމްރީން ލިބިފައިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މީހުންނެވެ.
މި ޕްރޮގްރާމްތަކުގެ ނަތީޖާ ރަނގަޅުކުރުމަށް އިތުރު މަސައްކަތެއްގެ ގޮތުން ހާއްސަ ރިވިޝަން ކްލާސްތައް ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ލެކްޗަރާއިންނާ އެކު ކޮންމެ ސެމިސްޓާއެއްގައި ވެސް ހިންގަ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އޭސީސީއޭގެ ނޮލެޖް ލެވެލް އަދި ސްކިލް ލެވެލްގެ ބައެއް ޕޭޕަރުތަކުގެ ނަތީޖާ ގްލޯބަލް ފާސް ރޭޓަށް ވުރެ މަތިން ވިލާ ކޮލެޖުން ހާސިލްކޮށްފައިވެ އެވެ.
ވިލާ ކޮލެޖުގެ ގޯތިތެރޭގައި، އެ ކޮލެޖުގެ ދެ ދަރިވަރަކު -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ކޮލެޖުގެ ބިޒްނަސް ފެކަލްޓީގެ ޑީން އަބްދުﷲ ނާފިޒު ވިދާޅުވި ގޮތުގައި، އޭސީސީއޭގެ ޕްރޮފެޝަނަލް ޕްރޮގްރާމް ވީހާ ވެސް ފެންވަރު ރަނގަޅު ގޮތެއްގައި ކުރިއަށްގެންދިއުމަށް ސްރީ ލަންކާގެ ބިޒްނަސް ސްކޫލަކާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭސީސީއޭ ޕްރޮގްރާމު ހިންގުމުގައި ލަންކާގެ އެންމެ ކާމިޔާބު ކޮލެޖާ އެކު މި އަހަރު ފެށި މަސައްކަތް ކާމިޔާބު ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖު އުފެދުމާ އެކު އޭސީސީއޭ ކިޔަވައިދޭން ފެށި އެވެ. މިހާތަނަށް ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެ ކޮލެޖުން ތަމްރީނުވެފަ އެވެ. ހާއްސަ ގޮތެއްގައި އޭސީސީއޭގެ ޕްރޮގްރާމްތައް ކުރިއަށްގެންދާ ގޮތް ފުރިހަމަވުމުން، އޭސީސީއޭގެ މައި އިދާރާއިން ގޯލްޑް އެޕްރޫވްޑް ލާނިން ޕާޓްނަރުގެ މަގާމު ވިލާ ކޮލެޖަށް ލިބިފައިވާކަން ފާހަގަކުރެވެ އެވެ. އެހެންވެ އެ ކޮލެޖުން މިހާރު އަމާޒު ހިފާފައި ހުރީ ދެން އޮތް ހަރުފަތަށް ވާސިލް ވުމެވެ. އެއީ ޕްލެޓިނަމް ސްޓޭޓަސް އެވެ.
"ފެށުނީއްސުރެ ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ގޮތެއްގައި އޭސީސީއޭގެ ޕްރޮގްރާމްތައް ހިންގާ ބަޔަކަށް ވިލާ ކޮލެޖު ވާނެ. ވިލާ ކޮލެޖުން އޭސީސީއޭ ނިންމި ދަރިވަރުން މިއަދު ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ދަނީ މަސައްކަތް ކުރަމުން. އަޅުގަނޑުމެން މިހާރު އަމާޒު ހިފާފައި މިހުރީ ޕްލެޓިނަމް ސްޓޭޓަސް އަށް ދިއުމަށް،" ނާފިޒު ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީގެ ޑީން އަބްދުﷲ ނާފިޒު "މިހާރު"އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިހާރު ނުޖެހޭ އާއިލާ ދޫކޮށްލާފައި ގޮސް ބޭރުގައި ކިޔަވަން ހުންނާކަށް. ވަޒީފާގައި އުޅެމުން މިކޮޅުގައި އޭސީސީއޭގެ ތިން ލެވެލް ފުރިހަމަކުރުމުގެ ފުރުސަތު އެބަ އޮތް. އަޅުގަނޑުމެންގެ ޓާގެޓަކީ މި ތިން ލެވެލް ހިންގުމުގައި ޕްލެޓިނަމް ސްޓޭޓަސް ހޯދުން."
އޭނާ ވިދާޅުވީ އޭސީސީއޭގެ ގޯލްޑް ސްޓޭޓަސް ލިބުމުން، އޭސީސީއޭގެ ފަރާތުން އިތުރު ހިދުމަތްތަކެއް ވެސް ލިބޭ ކަމަށެވެ. އެހެންވެ އެކަމުގެ ފައިދާ ދަރިވަރުންނަށް ކުރާ ކަމަށް ވިދާޅުވި އެވެ.
އެ ކޮލެޖުގައި އޭސީސީއޭ ޕްރޮފެޝަނަލް ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށްވާ ބުންޔާމީން މުހަހައްމަދު ބުނީ، ވިލާގައި އެ ޕްރޮގްރާމް ހިންގަމުން އަންނަ ގޮތް ވަރަށް ރަނގަޅު ކަމަށެވެ. ރާއްޖޭގައި ހުރެގެން ވެސް، ފެންވަރު ރަނގަޅު ތައުލީމެއް ވިލާ ކޮލެޖުން ފޯރުކޮށްދެމުން އަންނަ ކަން އޭނާ ވެސް ފާހަގަކުރި އެވެ.
"ވަޒީފާގައި އުޅެމުން ކިޔެވުމުގެ ފުރުސަތު ވިލާއިން މިވަނީ ފަހިކޮށްދީފައި. ފެންވަރު ރަނގަޅު ލެކްޗަރާއިންގެ އެހީއާ އެކު ކޯސް ހިންގަމުން އަންނަ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ،" ކިޔަވަމުން، މީރާގައި މަސައްކަތް ކުރަމުން އަންނަ ބުންޔާމީން ބުންޏެވެ.
ވިލާ ކޮލެޖު: އޭސީސީއޭގެ ޕްރޮގްރާމްތައް ހިންގަމުން އަންނަތާ 11 އަހަރު ވަނީ ވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހިތްގައިމު މާހައުލެއްގައި، ތަޖުރިބާހުރި ލެކްޗަރާއިންނާ އެކު އޭސީސީއޭގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް (ޔޫވީ)ގެ ޕްރޮގްރާމްތައް ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުން ވަނީ ފަހިކޮށްދީފަ އެވެ. ޔޫވީގެ ބެޗްލާ އޮފް އާޓްސް އެކައުންޓިން އެންޑް ފައިނޭންސް ނިންމާ ދަރިވަރުން އޭސީސީއޭ ހަދަން ބޭނުންވެއްޖެ ނަމަ، ނޮލެޖް ލެވެލް އާއި ސްކިލް ލެވެލްގެ ހުރިހާ މޮޑިއުލްއަކުން އެގްޒެމްޝަން ލިބެ އެވެ. އަދި އެމްއެސްސީ އެކައުންޓިން އެންޑް ފައިނޭންސް ނިންމާ ދަރިވަރަކު އޭސީސީއޭ ކޮލިފިކޭޝަން ހާސިލް ކުރުމަށް ހަދަން ޖެހޭނީ ސްކިލް ލެވެލްގެ އެންމެ ޕޭޕަރަކާ އެކު ޕްރޮފެޝަނަލް ލެވެލް އެވެ.
އެކައުންޓިން އާއި ފައިނޭންސް ދާއިރާގެ ކޯސްތަކުގެ އިތުރުން ވިޔަފާރި އާއި މާކެޓިން، ހިއުމަން ރިސޯސަސް، އިކޮނޮމިކްސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އެޑިއުކޭޝަން، ޓީޗިން، ނާސިން، ޕަބްލިކް ހެލްތު، ރިސާޗް ސްޓަޑީސް، ޓޫރިޒަމް، ހޮސްޕިޓަލިޓީ، އިސްލާމް، ދިވެހި، ޝަރީއާ އާއި ލޯގެ ދާއިރާއިން ޑިގްރީ އަދި މާސްޓަސް އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް ވިލާ ކޮލެޖުން އަންނަނީ ފަހިކޮށްދެމުންނެވެ.
މި ގޮތުން މިހާރު ވެސް ވިލާ ކޮލެޖުގައި އެކި ދާއިރާތަކުން ސެޓްފިކެޓް ލެވެލް 2 އިން ފެށިގެން މާސްޓާސް ލެވެލްއާ ހަމައަށް 90 އަށް ވުރެ ގިން ޕްރޮގްރާމް ހިންގަ އެވެ.
ވިލާ ކޮލެޖްގެ ދިރާސާއާ ބެހޭ ކޮންފަރެންސް މާދަމާ ފަށަނީ
ވިލާ ކޮލެޖު: ފައުންޑޭޝަން ޕްރޮގްރާމްތަކަށް ވެސް ހާއްސަ
ވިލާ ކޮލެޖް: ޔުނިވާސިޓީއަކަށް ވުމަށް މިސްރާބު ހިފާފައި
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
އޭ ލެވެލްއާ ނުލައި މަތީތައުލީމަށް ދެވިދާނެތަ؟
"ކޮންފަރެންސް އިން މުހިއްމު ކަންތައްތަކެއް އެނގިއްޖެ"
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުން މިފަހަރު 22 ކުދިން
ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި
ވިލާ ކޮލެޖުން 309 ދަރިވަރުން ގްރެޖުއޭޓުވެއްޖެ