13 އޯގަސްޓް 2018
އޯ ލެވެލްގައި ރަނގަޅު ފާހެއް ނުލިބުނު ކަމުގައި ވިޔަސް މުސްތަގުބަލް ބައްޓަން ކުރެވޭނެ އެވެ. އެ ފުރުސަތު، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމް ފޯރުކޮށްދެމުން އަންނަ ވިލާ ކޮލެޖުން ވަނީ ފަހިކޮށްދީފަ އެވެ. ފައުންޑޭޝަނުން ފެށިގެން މާސްޓާސްއާ ހަމައަށް ކިޔެވުމުގެ މަގު ތަނަވަސްވެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް އެހީތެރިވެދެ އެވެ.
އޯ ލެވެލްގައި ރަނގަޅު ފާހެއް ނުލިބުނު ކަމުގައި ވިޔަސް މުސްތަގުބަލް ބައްޓަން ކުރެވޭނެ އެވެ. އެ ފުރުސަތު، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަތީ ތައުލީމް ފޯރުކޮށްދެމުން އަންނަ ވިލާ ކޮލެޖުން ވަނީ ފަހިކޮށްދީފަ އެވެ. ފައުންޑޭޝަނުން ފެށިގެން މާސްޓާސްއާ ހަމައަށް ކިޔެވުމުގެ މަގު ތަނަވަސްވެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް އެހީތެރިވެދެ އެވެ.
ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު ކޯސްތައް ހިންގާ ވިލާ ކޮލެޖުގެ ޑިގްރީ ޕްރޮގްރާމްތަކަށް، އޯލެވެލް ނުވަތަ އެސްއެސްސީން ފަސް މާއްދާ އިން ފާސްވެފައިވާ ދަރިވަރުންނަށް އެއް އަހަރު ދުވަހުގެ ފައުންޑޭޝަނަކަށް ފަހު ސީދާ ޑިގްރީ އަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ވިލާ ކޮލެޖުގެ ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވި ގޮތުގައި ކޮންމެ ސެމިސްޓާ އަކުން ވެސް 150 އެއްހާ ދަރިވަރުން ޑިގްރީ ފައުންޑޭޝަން ޕްރޮގްރާމް ނިންމަ އެވެ. އެ އަށް ފަހު، އެ ކޮލެޖުގައި ހިންގާ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް (ޔޫވީ) އަދި ވިލާ ކޮލެޖުގެ އަމިއްލަ ޑިގްރީ ޕްރޮގްރާމްތަކަށް ކިޔަވަން ފަށާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުދިންގެ ޑިގްރީ ލެވެލްގެ ޕާފޯމަންސަށް ބަލާއިރު، އޭލެވެލް ނިންމާފައި ޑިގްރީ އަށް ވަންނަ ދަރިވަރުންނާ އަޅާ ބަލާއިރު، މާ ބޮޑު ތަފާތެއް ފާހަގައެއް ނުކުރެވޭ. ބައެއް ފަހަރު ފައުންޑޭޝަނުން ފަށާ ދަރިވަރުންގެ ނަތީޖާ މާ ރަނގަޅު ވެފައި ވެސް އެބަހުރި" އަލީ ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލޭގެ އިތުރުން ރަށްރަށުން އެކަށީގެންވާ އަދަދެއްގެ ދަރިވަރުން އަންނަނީ ފައުންޑޭޝަން އަދި ސެޓްފިކެޓް 3 ގެ ޕްރޮގްރާމްތަކަށް ކިޔަވަމުން ކަމަށެވެ. މި ޕްރޮގްރާމްތަކަށް ފީގެ ގޮތުގައި ދައްކަނީ ނުވަ މަސް ވަންދެން، ކޮންމެ މަހަކު 2،500ރ. އެވެ. އަދި ރަށްރަށުގައި ފައުންޑޭޝަން ޕްރޮގްރާމް ހިންގަނީ ހާއްސަ އަގެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް ހީވެފައި މި އޮންނަނީ އެހެން ކޮލެޖުތަކުގެ ޕްރޮގްރާމް ތަކާއި ބަލާއިރު އަގު ބޮޑު ކަމަށް. އެކަމަކު އަޅައި ކިޔައިފި ނަމަ ފެންނާނެ އަޅުގަނޑުމެންގެ ޕްރޮގްރާމްތައް މާ އަގު ހެޔޮވެފައި އެ އަށް ލިބޭ ވެލިއު ރަނގަޅުކަން އެނގޭނެ،" އަލީ ޝަރީފް ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓާ އެކަޑެމިކް އެފެއާޒް ޑރ. އަބްދުﷲ ސޯދިގު ވިދާޅުވި ގޮތުގައި، ފައުންޑޭޝަން ނިންމާ ދަރިވަރުންގެ ނަތީޖާ ރަނގަޅުވާ ސަބަބަކީ، އެ ޕްރޮގްރާމްތައް ޑިޒައިން ކޮށްފައި ވަނީ ސީދާ ދަރިވަރުން ޔުނިވާސިޓީ ތައުލީމަށް ހޭނުވުމަށް ކަމަށް ވާތީ އެވެ.
ވިލާ ކޮލެޖުގެ ރަޖިސްޓްރޭޝަނެއް ކުރިއަށްދަނީ: ތިން ވަނަ އިންޓޭކުގެ ކިޔެވުން އަންނަ މަހު ފަށާނެ.-- ފޮޓޯ: ވިލާ ކޮލެޖު
"އެއާއެކު ގިނަ ކުދިން ފައުންޑޭޝަން ހަދާނީ އެ ކުދިން ޑިގްރީ ހަދަން ހިޔާރުކުރާ ދާއިރާއަކުން. އެހެން ކަމަށް ވުމުން އެ ކުދިން ކިޔަވަން ފަށައިގަންނަނީ ވެސް އެ ދާއިރާގެ ކޮންމެވެސް ވަރެއްގެ ނޮލެޖަކާ އެކު،" ސޯދިގު ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި ފައުންޑޭޝަން ނިންމުމަށް ފަހު ޑިގްރީ ހަދަމުން އަންނަ ދަރިވަރަކު ބުނި ގޮތުގައި އޭ ލެވެލް އަށް ކިޔަވަން ފުރުސަތު ލިބުނު ނަމަވެސް އޭނާ އިހުތިޔާރު ކުރީ ފައުންޑޭޝަން ޕްރޮގްރާމެވެ.
"ފައުންޑޭޝަން ޕްރޮގްރާމެއް ހިޔާރު ކުރީ އޭލެވެލް އަށް ވުރެ ފައުންޑޭޝަން ހަދަން ނަގާ މުއްދަތު ކުރު ވެފައި، އޭލެވްލް ނިންމާ ދަރިވަރުން ހަދާ ޑިގްރީ ޕްރޮގްރާމްތަކުގައި އެ ކުދިންނާ އެއް ފެންވަރެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭތީ. އޯ ލެވެލްގައި އެއްކޮށް ކިޔެވި ކުދިން، އޭ ލެވެލް އަށް ތައްޔާރުވަމުން އަންނައިރު އަޅުގަނޑުގެ ޑިގްރީގެ ފުރަތަމަ އަހަރު ނިމިއްޖެ،" ވިލާ ކޮލެޖުގައި ކިޔަވަމުން އަންނަ ދަރިވަރަކު ބުންޏެވެ.
ގިނަ ދާއިރާތަކުން ފައުންޑޭޝަން ޕްރޮގްރާމްތައް ހިންގާ ވިލާ ކޮލެޖުން ވާހަކަ ދެއްކެވި އެހެން ބޭފުޅަކު ވިދާޅުވީ، އެ ކޮލެޖުގައި އެންމެ ގިނަ ދަރިވަރުން ހަދަނީ ބިޒްނަސް، އައިޓީ، ހިއުމަން ރިސޯސަސް، ލޯ، ޝަރީއާ، އެކައުންޓިން އަދި ޓީޗިން ފަދަ ދާއިރާގެ ފައުންޑޭޝަން ކަމަށެވެ. މީގެ އިތުރުން ޓޫރިޒަމް، މެރިން ސްޓަޑީސް އަދި މަލްޓި މީޑިއާ އަކީ ވެސް ދަރިވަރުންގެ މެދުގައި މަގުބޫލުކަން އިތުރުވަމުން އަންނަ ދާއިރާތައް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ވިލާ އިން އެންމެ ފަހުން ފެށި ސެޓްފިކެޓް 4 އިން ނާސިން އަކީ ވެސް ޑިމާންޑް ބޮޑު ޕްރޮގްރާމެކެވެ. އަންނަ މަހުގެ އިންޓޭކްގައި ފައުންޑޭޝަން އިން ސައިކޮލޮޖީ އަދި ސެޓްފިކެޓް 4 އިން ފާމަސީ ވެސް ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
ފައުންޑޭޝަން ޕްރޮގްރާމަތަކަށް ޝަރުތު ހަމަނުވާ ދަރިވަރުން ފައުންޑޭޝަން ހަދަން ބޭނުންވާ ނަމަ ތިން މަސް ދުވަހުން ނިންމާލެވޭ ސެޓްފިކެޓް 3 ގެ ޕްރޮގްރާމެއް ހެދުމަށް ފަހު ބައިވެރިވެވޭނެ އެވެ. ސެޓްފިކްޓް 3 ހިންގާ ދާއިރަތަކުގެ ތެރޭގައި ބިޒްނަސް، އައިޓީ، ހިއުމަން ރިސޯސަސް، ކަސްޓަމާ ކެއާ ފަދަ ދައިރާތައް ހިމެނެ އެވެ.
ވިލާ ކޮލެޖުގައި ހިންގާ ޕްރޮގްރާމްތަކުގެ އިންޓޭކްތައް އޮންނަނީ ޖެނުއަރީ، މެއި އަދި ސެޕްޓެމްބަރުގަ އެވެ. އަންނަ މަހު ފަށާ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފަ އެވެ.
ކިޔެވުމުގެ އިތުރުން ސަގާފީ ހަވީރާއި އެހެނިހެން ހަރަކާތްތަކުގައި ވެސް ފައުންޑޭޝަންގެ ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ. އެއީ ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވާއިރު، އެކަމުގެ ފައިދާ ގިނަ ދަރިވަރުންނަށް ކުރަމުން އަންނަކަން ވިލާ ކޮލެޖުން ފާހަގަކުރި އެވެ. އަދި ކިޔެވުމުގައި އިތުރު އެހީ ބޭނުންވާ ދަރިވަރުންނަށް، އެ ފުރުސަތު ވެސް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ވިލާ ކޮލެޖްގެ ދިރާސާއާ ބެހޭ ކޮންފަރެންސް މާދަމާ ފަށަނީ
އޭސީސީއޭގެ ދާއިރާއިން ވިލާ ކޮލެޖަށް ބޮޑު ކުރިއެރުމެއް
ވިލާ ކޮލެޖް: ޔުނިވާސިޓީއަކަށް ވުމަށް މިސްރާބު ހިފާފައި
"ވިލާކޮލެޖަށް 17 އަހަރު، މަސައްކަތަށް ފަހުރުވެރިވޭ"
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
އޭ ލެވެލްއާ ނުލައި މަތީތައުލީމަށް ދެވިދާނެތަ؟
"ކޮންފަރެންސް އިން މުހިއްމު ކަންތައްތަކެއް އެނގިއްޖެ"
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމުން މިފަހަރު 22 ކުދިން
ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކަށް ހުޅުވާލައިފި
ވިލާ ކޮލެޖުން 309 ދަރިވަރުން ގްރެޖުއޭޓުވެއްޖެ