Roadha Mihaaru
ރައީސަށް އިންޒާރު ދިން މީހެއްގެ ފޯނު ހިފަހައްޓައިފި

ރައީސް ޔާމީނަަށް އިންޒާރު ދިން މީހެއްގެ ފޯނާއި އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓައިފި

04 ޖުލައި 2018

ރައީސް އަބްދުﷲ ޔާމީނަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ފޯނާއި އިލެކްޓްރޯނިން ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން މިރޭ ހިފަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އަބްދުﷲ ޔާމީނަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ފޯނާއި އިލެކްޓްރޯނިން ޑިވައިސްތައް ކޯޓު އަމުރެއްގެ ދަށުން މިރޭ ހިފަހައްޓައިފި އެވެ.

މުހައްމަދު އަދުހަމް ނަމަކަށް ކިޔާ، ލ. ގަމުގެ އެ ޒުވާނާ އަށް ތުހުމަތު ކުރަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާ ކުރި ޓްވީޓެއްގެ މައްސަލަ އެވެ. އެ ޓްވީޓްގައި އޭނާ ރައީސް ޔާމީނަށް ގޮވާލާފައި ވަނީ ސިޔާސީ ބައެއް ބޭފުޅުން މިނިވަން ނުކޮށް، ޕީޕީއެމްގެ ޑޯޓުޑޯ ކެމްޕެއިނަށް އޭނާގެ ގެ އަށް ގޮސް ދޮރުގައި ޓަކި ނުދިިނުމަށެވެ. އެގޮތަށް، ޓަކި ދީފި ނަމަ، ރައީސް ޔާމީންގެ އިސްތަށިފުޅަށް ގެއްލުންވާ މިންވަރަށް އޭނާ ޓަކި ޖަހާނެ ކަމަށް ވެސް އަދުހަމްގެ ޓުވީޓުގައި ވެ އެވެ.

އެ މައްސަލާގައި، އުމުރުން 32 އަހަރުގެ އަދުހަމްގެ މައްޗަށް ކުރަނީ ރައީސް ޔާމީނަށް ބިރު ދައްކައި، އިންޒާރު ދިނުމުގެ ތުހުމަތެވެ. އެ މައްސަލާގައި ކޯޓުގެ އަމުރެއްގެ ދަށުން އަދުހަމްގެ ފޯނާއި ޓެބްލެޓާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.

މީގެ އިތުރުން، އެ ތަކެތި ހުޅުވުމަށްޓަކައި ބޭނުންވާނެ ޕިން ނަމްބަރާއި ލޮކް ކޯޑާއި ފިންގަޕްރިންޓް ފަދަ ތަކެތި ފުލުހުންނަށް ދިނުމަށް ވެސް އަދުހަމްގެ މައްޗަށް އެ އަމުރުގައި އަންގާފައި ވެ އެވެ.