Roadha Mihaaru

އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި އިހްތިޖާޖްގެ ތެރެއިން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފި އެވެ.

އިދިކޮޅު އެއްވުމުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

08 ޖެނުއަރީ 2021

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި އިހްތިޖާޖްގެ ތެރެއިން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފި އެވެ.

އިއްޔެ އިދިކޮޅު ފަރާތްތަކުން ކްރިމިނަލް ކޯޓު ކައިރީގައި އިހްތިޖާޖް ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތުގަ އެވެ. އެ އިހްތިޖާޖްގެ ތެރެއިން ފަސް މީހަކު އިއްޔެ ހައްޔަރުކުރި އެވެ.

ފުލުހުން ބުނީ އެ މީހުން މިއަދު ކޯޓަށް ނުގެންގޮސް، ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. ނަމަވެސް އެ މައްސަލާގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން ބުންޏެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ކުރާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް އިއްޔެ ކުރިއަށް ދިޔައިރު، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އަންނަ ހަަފުތާގައި ހައި ކޯޓުން އިއްވާނެ އެވެ.