05 ޖުލައި 2018
މަތީ ސާނަވީ އަށް ކިޔެވުމުގެ ފުރުސަތު ނެތް ރަށްރަށުގެ ކުދިންނަށް އަމާޒުކޮށް، ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖެއް ގާއިމު ކުރަން އެމްޑީޕީގެ މި އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.
މަތީ ސާނަވީ އަށް ކިޔެވުމުގެ ފުރުސަތު ނެތް ރަށްރަށުގެ ކުދިންނަށް އަމާޒުކޮށް، ކޮންމެ އަތޮޅެއްގައި ޖޫނިއާ ކޮލެޖެއް ގާއިމު ކުރަން އެމްޑީޕީގެ މި އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.
އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ބުނެފައިވަނީ އެކި ކަންކޮޅުތަކުގައި ގާއިމު ކުރާ ކޮލެޖުތަކުން ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަނަށް ޝައުގުވެރިވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. މެނިފެސްޓޯގައި އެންމެ އިސްކަމެއް ދީފައިވާ އެއް ކަމަކީ ތައުލީމީ ދާއިރާ އަށް ބޮޑެތި ކުރިއެރުންތަކެއް ގެނައުމެވެ.
އެމްޑީޕީން ބުނި ގޮތުގައި ތައުލީމީ ދާއިރާގައި ޓީޗަރުން ދެމިތިބުމަށް ބާރު އެޅުމުގެ ގޮތުން ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރެވޭނެ އެވެ. ހާސްކަމެއް ނެތި ކިޔަވައިދޭނެ މާހައުލު ޓީޗަރުންނަށް ތަނަވަސްކޮށްދީ، އިތުރަށް އުނގެނެވޭނެ ފުރުސަތުތައް ޓީޗަރުންނަށް ފަހިކޮށްދޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
- ހުރިހާ ސްކޫލްތައް އެއް ދަންފަޅި އަށް ބަދަލު ކުރެވިގެންދާނެ.
- ފުދުންތެރިކަން ކުޑަ އާއިލާތަކުގެ ކުދިންނަށް ހިލޭ މަތީ ތައުލީމު ފޯރުކޮށްދޭނެ.
- ބޯޑިން ސްކޫލްތަކާއި ސަރަހައްދީ ދަނާލުތައް އުފައްދައި ކުރިއަރުވާނެ.
- އިސްލާމް ދީނާ ފުށުނާރާ ގޮތަށް ޕްރައިވެޓް ސްކޫލްތައް ހިންގުމަށް ހުއްދަ ދޭނެ.
- ކިޔަވާ ކުދިންނަށް ސްކޮލަޝިޕްގެ ފުރުސަތުތައް ހޯދައިދޭނެ.
މީގެ އިތުރުން، ޓޫރިޒަމް ދާއިރާ އަށް ޕްރޮފެޝަނަލް މީހުން އުފެއްދުމަށް ހަތް ސަރަހައްދެއްގައި ޓްރެއިނިން ސެންޓަރުތައް ގާއިމު ކުރުމަށް އެމްޑީޕީން ވަނީ ނިންމައިފަ އެވެ. އަދި އާޓިސްޓުން ތަމްރީން ހޯދުމަށް ލޯން ސްކީމެއް ތާއާރަފް ކުރެވޭނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"ހަމަ އެހެންމެ ބޮޑު އަގު ދީގެން ބޭރުން ގެނައުމުގެ ބަދަލުގައި ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނާއި ދިވެހި ޑްރައިވަރުން އުފެއްދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. މިކަމަށްޓަކައި ހަތް ސަރަހައްދެއްގައި ޓްރެއިނިން ސެންޓަރުތައް ގާއިމު ކުރެވޭނެ އެވެ،" އެމްޑީޕީގެ މެނިފެސްޓޯގައިވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި މާލެ އާއި ބޮޑެތި ރަށްރަށުގައި ސްކޫލް ބަސް ތައާރަފްކޮށް، "ގޭގެ ކަންމައްޗާ ހަމައަށް" ސްކޫލް ކުދިން އުފުލައި ދޭނެ އެވެ. އެއީ ސްކޫލުތަކާއި ގެ އާއި ވަޒީފާ އަދާކުރާ ތަނާ ދެމެދު ބެލެނިވެރީން އުފުލަން ޖެހޭ ތަކުލީފުތަކަށް ލުއިކަން ގެނެސް ދިނުމަށް ކަމަށް އެ ޕާޓީން ބުންޏެވެ.
"ކުދިންގެ އަޚުލާގީ މައްސަލަތައް ވަނީ އިތުރުވެފައި"
400 ޓީޗަރުން ހޯދަނީ ގިނަ ދިވެހިންނަށް ފުރުސަތު ދޭން
އެއް ފަޅުތެރޭ ރަށްތައް ފާލަމަކުން ގުޅާލާނަން: އެމްޑީޕީ
ރާއްޖޭގައި ސްޕެޝަލައިޒް ހޮސްޕިޓަލްތަކެއް ގާއިމުކުރަނީ
އެމްޑީޕީގެ މެނިފެސްޓޯ: ފްލެޓު ގަތުމަށް ސަބްސިޑީއެއް
400 ޓީޗަރުން ލިބޭނެ ކަމާ މެދު ޝައްކު: އިދިކޮޅު
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޓީޗަރުންގެ މުސާރަ ބޮޑު ވިޔަސް ބަދަލެއް ނުފެނޭ!
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
އުސޫލެއް ނެތި ވެހި އެވޯޑު ދިނުމުން ޖަލްސާ "ބޮއިކޮޓް" ކޮށްފި