ސްކޫލްތަކަށް 400 އެއްހާ ޓީޗަރުން ހޯދަން އިއުލާންކުރީ ވީހާވެސް ގިނަ ދިވެހިންނަށް ފުރުސަތު ދިނުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
07 ޖެނުއަރީ 2018
ސްކޫލްތަކަށް 400 އެއްހާ ޓީޗަރުން ހޯދަން އިއުލާންކުރީ ވީހާވެސް ގިނަ ދިވެހިންނަށް ފުރުސަތު ދިނުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާއިރު، އެ އަދަދަށް ޓީޗަރުން ހަމަވެދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ފާޑުކިޔުމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، 400 އެއްހާ ޓީޗަރުން ހޯދަން އިއުލާންކުރީ، ވީހާ ވެސް ގިނަ ދިވެހި ޓީޗަރުންނަށް ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. އަދި އެއީ ސިވިލް ސާވިސްގެ މަގާމަށް މީހުން ހޯދަން އަމަލުކުރަން ޖެހޭ އުސޫލުކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސްކޫލްތަކުން ބޭރު ޓީޗަރުން މަދުކޮށް ދިވެހިންނަށް ފުރުސަތު ދިނުމަކީ މިނިސްޓްރީން އިސްކަންދޭ ކަމެއް ކަމެއް. ދެން ދިވެހި ޓީޗަރުން ހޯދަން ކުރާ އިއުލާން ތަކަކީ ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަަމެއް. އޭރުން ބިދޭސީންގެ ބަދަލުގައި ގިނަ ދިވެހިންނަށް ފުރުސަތު ދެވޭނީ،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލުތަކުގެ ކިޔެވުން ފަށާނީ ބޭނުންވާ އަދަދަށް ޓީޗަރުން ހަމަކޮށްގެންނެވެ. އަދި ބޮޑު ބަންދަކަށް ފަހު އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާއިރު، އެކަމަށް ވާންޖެހޭ ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަން ޝަފީއު ފާހަގަކުރެއްވި އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ގިނަ ސްކޫލުތަކަކުން އަންނަނީ ޓީޗަރުން ހޯދުމަށް ގެޒެޓުގައި އިއުލާނު ކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރީ ސްކޫލު ޓީޗަރުންނާއި ވަގުތީ ޓީޗަރުން ވެސް ހިމެނެ އެވެ.
މިކަމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ އޮފީހުގައި އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒުު ފަހުމީ (އިންތި) ވިދާޅުވީ މި އަހަރަށް ސްކޫލުތައް ހުޅުވޭއިރު، ޓީޗަރުން ހޯދައިގެން ތަމްރީނު ދީ، ސްކޫލަށް އަހުލުވެރި ކުރަންޖެހޭނެ ކަމަވެ. އަދި އެކަމަށް ވަގުތުތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލުތައް ހުޅުވާއިރަށް، ބޭނުންވާ މިންވަރަށް ޓީޗަރުން ނުލިބުމަކީ އިދިކޮޅު ޕާޓީތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީ އިހުމާލުވެފައިވާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
"ކުދިންގެ އަޚުލާގީ މައްސަލަތައް ވަނީ އިތުރުވެފައި"
400 ޓީޗަރުން ލިބޭނެ ކަމާ މެދު ޝައްކު: އިދިކޮޅު
ކިޔެވުން ބާއްވަނީ ރިޕޯޓް ދޭން ދެ ހަފުތާ އޮތުމުން
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ޓީޗަރުންގެ މުސާރަ ބޮޑުކުރަން އެބަ މަސައްކަތްކުރަން: ރައީސް