Roadha Mihaaru
ރާއްޖޭގައި ސްޕެޝަލައިޒް ހޮސްޕިޓަލްތަކެއް ގާއިމުކުރަނީ

އެމްޑީޕީގެ މެނިފެސްޓޯ: ރާއްޖޭގައި ސްޕެޝަލައިޒް ހޮސްޕިޓަލްތަކެއް

06 ޖުލައި 2018

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ސްޕެޝަލައިޒް ހޮސްޕިޓަލްތަކެއް ގާއިމްކުރަން އެމްޑީޕީގެ މި އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެންވަރު ރަނގަޅު ސްޕެޝަލައިޒް ހޮސްޕިޓަލްތަކެއް ގާއިމްކުރަން އެމްޑީޕީގެ މި އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ބުނެފައިވަނީ ސްޕެޝަލައިޒް ހޮސްޕިޓަލްތަކެއް ގާއިމު ކުރަނީ ބޭސްފަރުވާ ހޯދުމަށް ކުރަން ޖެހޭ ދަތުރުގެ ހަރަދު ކުޑަކޮށް ރަށާ ވީހާވެސް ކައިރިން މަތީ ފެންވަރުގެ ސިއްހީ ހިދުމަތްތަކެއް ދިނުމަށް ކަމަށެވެ. މި ހޮސްޕިޓަލް ތަކުގައި ސްޕެޝަލިސްޓުންނާއި ޒަމާނީ ވަސީލަތްތައް ގާއިމް ކޮށްފައި ހުންނާނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައި ހުރި ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއްވިއުގަ އަކުން ގުޅާލައި ހުރިހާ ލެބޯޓަރީތަކެއް ޑިޖިޓަލައިޒް ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

"ރާއްޖެ ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވަނީ ދުޅަހެޔޮ ރައްޔިތެކެވެ. ދުޅަހެޔޮ ރައްޔިތެއް އުފެދެނީ ދުޅަހެޔޮ އާއިލާތަކަކުންނެވެ. ކޮންމެ އާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަ މީހަކަށް ވުމަށް ފުރިހަމަ ސިއްހީ ނިޒާމެއް ބޭނުން ވެ އެވެ. ރަނގަޅު ބޭސްފަރުވާ ލިބެން ހުންނަން ޖެހެ އެވެ. އަދި އެންމެންނަށް އަތްފޯރާފަށަށް ބޭސްފަރުވާ ލިބިދެވެން ޖެހެ އެވެ،" އެމްޑީޕީގެ މެނިފެސްޓޯގައިވެ އެވެ.

އެ ޕާޓީން ބުނި ގޮތުގައި "އާސަންދަ" ތައާރަފް ކުރި މަގްސަދު ކަމަށް ވާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ހިލޭ ސިއްހީ ފަރުވާ ފޯރުކޮށްދެވޭނެ އެވެ. މި ޚިދުމަތް ފޯރުކޮށް ދިނުމުގައި ރައްޔިތުންނަށް ތަކުލީފަކަށް ނުވާނެ ޚިދުމަތަކަށް އާސަންދަ ބަދަލު ކުރެވޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ކުންފުނިތަކުން އުފައްދާ ބޭސް ކަމުގައި ހެދުމަށް ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަ ކުރުން ހަރުދަނާ ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ދިވެހި ބޭސްވެރިކަން އާލާކޮށް ކުރިއެރުވުމަށާއި ބޭސްވެރިކަން ދަސްކޮށްދިނުމާ ފަރުވާ ދިނުމަށް ދިވެހި ބޭސްވެރިކަމުގެ އިންސްޓިޓިއުޓެއް ގާއިމު ގާއިމް ކުރުމަށް މެނިފެސްޓޯގައި ވެ އެވެ.

އޭގައި ބުނެފައި ވަނީ ރަށްރަށުން ތަމްރީން ކުރާ މީހުން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ތިބެގެން ވަޒީފާ އަދާ ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށެވެ. އަދި ގިނަ ރަށްރަށުގައި ޓެލެމެޑިސިން ތައާރަފްކޮށް، އައިޓީ ކޮންސަލްޓޭޝަން ފުޅާ ކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

"ޖަޒީރާ ރާއްޖޭގައި އާންމު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަމާޒަކަށް ވާނީ ބަލިވުމުގެ ކުރިން ބަލިން ދުރު ކުރެވޭނެ މަގަށް ރައްޔިތުން ގެންގޮސް ދިނުމަށް މަސައްކަތް ކުރުމެވެ. ރަށްރަށުގެ އާންމު ސިއްހީ ހިދުމަތްތެރިންނަކީ ގަވައިދުން ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް ކޮންމެ މީހެއްގެ ހާލުއަހުވާލު ގާތުން ބަލައި އިރުޝާދު ފޯރުކޮށްދޭ ބަޔަކަށް ހެދުމެވެ. އަދި މުޅި މަސައްކަތް ފަރުވާތެރިކަމާއެކު ހިންގާ ބެލެހެއްޓުމަކީ ސީދާ ކައުންސިލްގެ ކޮނޑުގައި އެޅޭ މަސްއޫލިއްޔަތެއް ކަމުގައި ހެދުމެވެ،" މެނިފެސްޓޯގައިވެ އެވެ.