Roadha Mihaaru
ފާރިސަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް

ފާރިސަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން، ވަކީލުން އެދިގެން ކެންސަލްކޮށްފި

10 ޖުލައި 2018

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން އޭނާގެ ވަކީލުން އެދިގެން ކެންސަލް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުން އޭނާގެ ވަކީލުން އެދިގެން ކެންސަލް ކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލައިގައި މިއަދު ހެނދުނު ބާއްވަން ހަމަޖެއްސި ޝަރީއަތް ކެންސަލް ކުރީ ފާރިސްގެ ވަކީލުންގެ އެދުމަކަށް ކަމަށް ވަކީލުން ބުންޏެވެ.

ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރުގެ ޖަލު ހުކުމެއް ފާރިސް އަށް އަންނާނެ އެވެ. އެ ހުކުމް އަތުވެއްޖެ ނަމަ، މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ.

ފާރިސް އަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފަ އެވެ. މީގެ އިތުރުން ރިޝްވަތުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ދައުލަތުން ކުރެ އެވެ.