ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު ހިންގި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި ހައްޔަރުކުރި އަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށް ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
24 ސެޕްޓެމްބަރ 2023
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު ހިންގި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި ހައްޔަރުކުރި އަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށް ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މެއި، 2021 ގައި ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު އެ މައްސަލައާ ގުޅިގެން ހއ. މޮޅަދޫ ބަހާރުގޭ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ.
އޭގެ ތެރެއިން އަލިމަނިކުގެ މައްޗަށް އެ ދައުވާ ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.
އަލިމަނިކު ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހުގެ އަދަބެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުމުން ތަސްލީމްގެ ބައި އިސްތިއުނާފްކުރުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެ މީހުންގެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ. އޭގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން އޮތީ ހުކުމްކޮށްފަ އެވެ.
އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ސިފައިންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޖަލަށްލި މީހެކެވެ.
ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަނީ
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ
ބޮމުގެ ހަމަލާގެ ޝަރީއަތް: ހެކިތަކެއް ސިއްރުކޮށްފި
ބޮމުގެ ހަމަލާ:މައްސަލަ ކުރިއަށް ގެންދެވޭނެ: ކޯޓު
ތިން މީހުންގެ ބަންދަށް އަނެއްކާވެސް 15 ދުވަސް
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނާނެ
ބޮމުގެ ހަމަލާ: ހެކީގެ ފުރުސަތު އެކަކަށް އަލުން ދެނީ
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!