Roadha Mihaaru
ހާލަތު ދެނެގަތުމަށް އދ. ގެ ޓީމެއް ރާއްޖެ އަތުވެއްޖެ

ހާލަތު ދެނެގަތުމަށް އދ. ގެ ޓީމެއް ރާއްޖެ އަތުވެއްޖެ

10 ޖުލައި 2018

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމާއި މައްސަލަތަކަށް ހައްލެއް އައިސްފައިވޭތޯ ބަލަން އދ. ގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމާއި މައްސަލަތަކަށް ހައްލެއް އައިސްފައިވޭތޯ ބަލަން އދ. ގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ސިޔާސީ ހަމަނުޖެހުންތަކާއި ކަންބޮޑުވުންތައް ބެލުމަށް އދ. ގެ ޕޮލިޓިކަލް އެފެއާޒްގެ ވަފުދެއް މިދިޔަ މާޗު މަހު ވެސް ރާއްޖެ އައެވެ. އޭރު އެ ޓީމުން މަސައްކަތް ކުރީ ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށޭނެ ގޮތެއް ހޯދުމަށެވެ.

އެގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ކުރާ އެ ދަތުރުގެ ބޭނުމަކީ، އދ. ގެ ޓީމުން އޭރު ފާހަގަކުރި ކަންތައްތަކަށް ބަދަލު އައިސްފައިވޭތޯ ބެލުމެވެ.

އެ ވަފުދުން ސަރުކާރުގެ އިސް ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.

ރާއްޖޭގައި ހުންނަ އދ. ގެ އޮފީހުން ކުރި ޓްވީޓް

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ހޯދަން ޔޫއެން ވެސް ހިމެނޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުން ތަކުރާރުކޮށް އަންނަނީ ގޮވާލަމުންނެވެ. އެކަމަކު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ޝަރުތުތައް ކުރިމަތިކުރުވާތީ މި މަޝްވަރާ ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް އަދި ނުކޮށެވެ.

ސަރުކާރުން ބުނެފައި ވަނީ މަޝްވަރާގެ މޭޒު ދޮށަށް އައުމުގެ ކުރިން އެއްވެސް ޝަރުތެއް ކުރިމަތި ނުކުރެވޭނެ ކަމަށެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ، އިދިކޮޅު ލީޑަރުން ޖަލުގައި ބައިތިއްބައިގެން ސަރުކާރާ އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ. މަޝްވަރާގެ މޭޒު ދޮށަށް ދާނީ، ޖަލު ހުކުމުގައި ތިބި ލީޑަރުން ދޫކޮށްލުމުން ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

އެކި ތުހުމަތުތަކުގައި އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންތަކެއް ޖަލަށް ލާފައިވާތީ، ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.